Advertisement

ފޮޓޯ: ރައީސް އޮފީސް

22 Feb 2024
ޚަބަރު

ކޮނޑޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދޭނެ: ރައީސް

ކޮނޑޭއަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއްކަމުގައި ފާހަގަކުރައްވައި އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ކޮނޑޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮނޑޭ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުމަކީ މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރަން ގެންގުޅުއްވާ ސިޔާސަތެއް ކަމުގައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެއީ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި މި ސަރުކާރުން ކަނޑައަޅާފައިއޮތް ވަރަށް ބޮޑު، މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އެތައް ރިސޯޓަކުން ކާބޯތަކެތި ރާއްޖެއިން ބޭރުން އެތެރެކުރާކަން ފާހަގަކުރައްވައި، އެ ދާއިރާއަށްވެސް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮނޑޭގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވައި ނަތީޖާ ނެރެދެއްވާނެކަމުގައި ވިދާޅުވެފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Sep 2024
ޚަބަރު
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
20 Sep 2024
ޚަބަރު
އެންމެ ހެޔޮ އަމަލުގެ ތެރެއިން ފުރަތަަމަކަމަކީ މުސްލިމުންނަށް އުފާވެރިކަން ހޯދައިދިނުން: ހުކުރު ޚުޠުބާ
"އެންމެ މަންފާހުރި މީހާ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ރަޞޫލާގެ ޙަދީޘްފުޅުން ހާމަވާ ގޮތުގައި ހެޔޮ އަމަލުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައި ވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ. އެގޮތުން އެންމެ އިސްކަން ދޭންޖެހޭނީ ތިމާގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރީންނަށްކަންވެސް ނަބިއްޔާގެ ޙަދީޘުން އެނގޭ ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
20 Sep 2024
ޚަބަރު
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭ އެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
މިފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އާއި، އެކައުންސިލްގެ މެމްބަރު އަޙްމަދު ޞަބާޙްއެވެ. މިކަމަށްޓަކައި އެރަށުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
20 Sep 2024
ޚަބަރު
އިގިލިތައް ބުރިކޮށްލާނެ ކަމުގެ ބިރުދައްކައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ، އަތިރީގެ، އަހުމަދު ސިވާތު، (37އ)، އަދި ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމް، (37އ) ކަމަށެވެ. އެމީހުން ވަނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް، ވަޅިން ބިރު ދައްކައި، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގައި ބުނެ ބިދޭސީ ދެމީހެއްގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގެންފައެވެ.