ޚަބަރު
18 Feb 2024
ޚަބަރު
މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މާރިޗު 5 ގެ ނިޔަލަށް ދޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ
މިނިސްޓަރ ޝިޔާމް ވިދާޅުވީ، މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާދޫކޮށް، މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ބެކްލޮގް ފިލުވާނެ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަހުގެ އަގު މުރާޖަޢާ ކުރި ދުވަހުން ފެށިގެން ކިރުވާފައިވާ މަހަށްވާ 26 މިލިއަން ރުފިޔާ މިހަފްތާގެ ތެރޭގައި ދޫކުރާނެ ކަމަށާއި، މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭގައި ފައިސާ ދެވޭނެ އިންތިޒާމު މިހަފްތާއިން ފެށިގެން ހަމަޖައްސަވާނެ ކަމަށެވެ.
18 Feb 2024
ޚަބަރު
މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބިގެން މުޒާހަރާކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ، މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބި މަސްވެރި އާއިލާތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މިގޮތުން ސަރުކާރުގެ ޔުޓިލިޓީ ބިލްތަކާއި އިންޓަރނެޓް އަދި ލޯންތަކަށް ފައިސާ ނުދެއްކި މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ބޮޑު ކަމުގައި ސައުދު ވިދާޅުވިއެވެ. މީގެ އިތުރުން، ދުވަހުން ދުވަހަކަށް ކުރަންޖެހޭ ޟަރޫރީ ޚަރަދުތައް ކުރުމަށްވެސް މަސްވެރިންގެ އާއިލާތަކަށް ދަތިވެފައިވާކަން ސައުދު ފާހަގަކުރެއްވިއެވެ.
18 Feb 2024
ޚަބަރު
ކެނޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. ކެނޑިޑޭޓުންގެ މަންދޫބަކަށްވުމުގެ ފުރުޞަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ.
18 Feb 2024
ޚަބަރު
ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ރައީސް ފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި ރައީސް މާލެ ވަޑައިގަންނަވާނީ، ބުރާސްފަތި ދުވަހުގައެވެ.
18 Feb 2024
ޚަބަރު
ހަވާސާ ކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް އިސްކަންދޭނަން: ރައީސް
އިސްރަށްވެހިންގެ މަރުކަޒު ހުޅުވާފައި ވަނީ، މަޖީދިއްޔާ ސްކޫލުގެ އުތުރުން އަމީރު އަހްމަދު މަގަށް ވާގޮތަށް ހުރި ކުރީގެ ނާދީ ތަމައްދުން އިމާރާތުގައެވެ. އެންމެފަހުން އެތަނުގައި ހިންގާފައި ވަނީ، ޤުރުއާނާއި ބެހޭ މަރުކަޒެވެ.
18 Feb 2024
ޚަބަރު
ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ބޭނުންކުރުމަކީ އަމާޒެއް: ޑރ ރަމީލާ
މި ޕައިލެޓް މަޝްރޫޢުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މަސައްކަތް ކުރާ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ސިސްޓަމްތައް ދެނެގަނެ، އެ ސިސްޓަމްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމުގައި، ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އާއިޝަތު ރަމީލާ ވަނީ ވިދާޅުވެފައެވެ.
18 Feb 2024
ޚަބަރު
ދިވެހި ފަންނުވެރިންގެ އުފެއްުދުންތައް މެލޭޝިޔާގައި އިޝްތިހާރުކުރުމުގެ ފުރުޞަތު
މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ބީސީސީގެ އިސްނެގުމާއެކު ބޭއްވި ކްރިއޭޓަރސް ކޮންފްލުއެންސް ފަހު ސެޝަންގައި ބައިވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި އެއީ ދިވެހި ފަންނުވެރިންނަށް ބައިނަލްއަޤްވާމީ މާކެޓުން ޖާގަ ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
18 Feb 2024
ޚަބަރު
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގަިއ ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.
18 Feb 2024
ޚަބަރު
މަޖިލިސް އިންތިހާބުގައި އެންމެ ގިނަ އަންހެން ކެނޑިޑޭޓުން ވާދަކުރަނީ ޑިމޮކްރެޓްސްއިން
ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ އަންހެން ކެނޑިޑޭޓުން ވާދަކުރަނީ ދަ ޑިމޮކްރެޓްސްއިންނެވެ. އެ ޕާޓީއިން ޖުމްލަ 39 ދާއިރާއަކަށް ވާދަކުރާއިރު، އޭގެ ތެރެއިން 12 ކެނޑިޑޭޓުންނަކީ އަންހެން ކެނޑިޑޭޓުންނެވެ. އެއީ އެ ޕާޓީއިން ވާދަކުރާ ކެނޑިޑޭޓުންގެ %30 އެވެ.
17 Feb 2024
ޚަބަރު
ގިނަ ފަޅުރަށްތަކެއް ކައުންސިލްތަކަށް ދޫކުރަން ސަރުކާރުން ނިންމައިފި
މޯލްޑިވްސް ލޭންޑް އެންޑް ސަވޭ އޮތޯރިޓީ މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، 'މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު'ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
17 Feb 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން "އިސްރަށްވެހިންގެ ނާދީ" ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިދެއްވައިފިއެވެ. މިއީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ.
17 Feb 2024
ޚަބަރު
ބީސީސީގެ ކްރިއޭޓަރސް ކޮންފްލުއެންސް ފަށައިފި
މި ކޮންފުލުއެންސަކީ، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހިމެނުމަށާއި ބީސީސީން ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ، "ކްރިއޭޓަރ ހަބް"ގައި ޤާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ޤާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ބީސީސީގެ އިސްނެގުމުގެ މަތިން ބާއްވާ ބައްދަލުވުމެކެވެ.
17 Feb 2024
ޚަބަރު
މާލޭ މަގުތަކުގައި ގިނަދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފި
މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.
17 Feb 2024
ޚަބަރު
ސްރީލަންކާގެ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދަށް ނައިބު ރައީސް ހިތްވަރުދެއްވައިފި
ދިވެހިރާއްޖެއަކީ އެކުވެރި، އެއްބައިވަންތަ، އަޚުވަންތަކަމުގެ ގުޅުންތަކުން ބަނދެވިފައިވާ ޤައުމަކަށްވާއިރު، ސްކައުޓް ފަދަ ހަރަކާތްތަކަށް އިސްކަންދިނުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
17 Feb 2024
ޚަބަރު
ޕާކިސްތާނުގައި ބޭއްވި ކެއްކުމުގެ މުބާރާތަކުން ދިވެހި ޝެފުން ރަން ވަނަތަކެއް
ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެންޕިއަންޝިޕްގައި ބައިވެރިވެ ދިވެހި ޝެފުން ރަންވަނަތަކެއް ހާސިލްކޮށްފިއެވެ. މި މުބާރާތުގައި ދިވެހި ޝެފުން ވަނީ 9 މެޑަލްއެއް ހާސިލްކޮށްފައެވެ.
17 Feb 2024
ޚަބަރު
ހުސް ގޮނޑި ނުގުނާ ގޮތަށް ކޮމެޓީއިން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި މަޖިލީހުގެ ގަވާއިދުގައި ހިމެނި މާއްދާތައް ގަވާއިދުން އުނިކޮށް، މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމަށްފަހު އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުގުނުމަށް، މަޖިލީހުގެ ގަވާއިދުގެ އެހެން މާއްދާއެއްގައި މަޖިލީހުގެ އާންމު ކޮމިޓީން ހިމަނައިފިއެވެ.