Advertisement

އިސްރަށްވެހިންގެ ނާދީ --

18 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ހަވާސާ ކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް އިސްކަންދޭނަން: ރައީސް

ދިވެހި މިމުޖުތަމަޢުގައިވެސް ހަވާސާކުރެވިފައިވާ އެތައް ބަޔަކު އެބަތިބި ކަމަށާއި އެމީހުންނަށް އަޅާލައި ދައުލަތުގެ ފަރާތުން ފޯރުކޮށްދެންޖެހޭ އެންމެހާ ޚިދުމަތްތައް ފުރިހަމަ ގޮތެއްގައި ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގައި ހުޅުވި ފުރަތަމަ އިސްރަށްވެހިންގެ މަރުކަޒު ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިސްރަށްވެހިންގެ މަރުކަޒު ހުޅުވާފައި ވަނީ، މަޖީދިއްޔާ ސްކޫލުގެ އުތުރުން އަމީރު އަހްމަދު މަގަށް ވާގޮތަށް ހުރި ކުރީގެ ނާދީ ތަމައްދުން އިމާރާތުގައެވެ. އެންމެފަހުން އެތަނުގައި ހިންގާފައި ވަނީ، ޤުރުއާނާއި ބެހޭ މަރުކަޒެވެ.

އެމަރުކަޒު ހުއްޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ޚާއްޞަ މަރުކަޒުތަކަށް މިހާތަނަށް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި ކަމަށެވެ. އަދި ބަޖެޓުންވެސް ޚަރަދުކުރެވެނީ ވަރަށްކުޑަ އެއްޗެއް ކަމަށާއި، އެހެން ނަމަވެސް، މިސަރުކާރުން، އެކަންވެސް ބަދަލުކުރަން ނިންމައި، އެ މަސައްކަތް ފަށާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވަޒީފާ ދިނުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް ސަމާލުކަމެއް ނުދެވޭ. އެހެންވީމާ، މިކަންކަން ބަދަލުކުރެވިގެން، އަޅައިލުންތެރި، އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަކީ، އަޅުގަނޑު މި ދެންނެވި ގޮތަށް ކުރިއަށް ދާން ބޭނުންވާނަމަ، އަޅުގަނޑުމެންގެ އަމިއްލަވަންތަ އައިޑެންޓިޓީއާ އެކީގައި ކުރިއަށްދާން ބޭނުންވާނަމަ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެކަމަށް މަސައްކަތް ފަށާއިރުގައި، ރަނގަޅު މަޢުލޫމާތުތައްވެސް ޙަޤީޤަތުގައި ނެތް އެއްކުރެވިފައެއް ސަރުކާރު ނިޒާމުގައި."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އިސްރަށްވެހިންގެ ނާދީ، ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. އެތަން ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ، ނާދީގެ ހުރި ޚިދުމަތްތަކާއި ވަޞީލަތްތައް ބައްލަވާލައްވާފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.