Advertisement

ފޮޓޯ: ސީޖީއެމް

17 Feb 2024
ޚަބަރު

ޕާކިސްތާނުގައި ބޭއްވި ކެއްކުމުގެ މުބާރާތަކުން ދިވެހި ޝެފުން ރަން ވަނަތަކެއް

ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެންޕިއަންޝިޕްގައި ބައިވެރިވެ ދިވެހި ޝެފުން ރަންވަނަތަކެއް ހާސިލްކޮށްފިއެވެ. މި މުބާރާތުގައި ދިވެހި ޝެފުން ވަނީ 9 މެޑަލްއެއް ހާސިލްކޮށްފައެވެ.

މި މުބާރާތް ކުރިއަށްދިޔައީ މިމަހުގެ 13 އިން 15 އަށް ޕާކިސްތާނުގެ ލާހޫރުގައެވެ. މި މުބާރާތުގައި ދިވެހި ޝެފުންގެ ޓީމުގައި ހިމެނެނީ ޝެފް އިސްމާއިލް ތަހުސީން، ޝެފް އަޖުވަދު އަބްދުލްވައްހާބު، ޝެފް އައިޝަތު ރަޝްފާ އަޙްމަދު، އަދި ޝެފް މަރިޔަމް ޝަފާނާއެވެ.  

މުބާރާތުގައި ވަކިވަކި ދިވެހި ޝެފުން ހޯދި ކާމިޔާބީތައް:

* ޝެފް އިސްމާއިލް ތަހުސީން

ގޯލްޑް މެޑަލް – ބީފް ލައިވް ކުކިންގ

ގޯލްޑް މެޑަލް – ޗިކަން ލައިވް ކުކިންގ

ސިލްވަރ މެޑަލް – ސީފުޑް ލައިވް ކުކިންގ

*ޝެފް އަޖުވަދު އަބްދުލްވައްހާބު

ގޯލްޑް މެޑަލް – ބީފް ލައިވް ކުކިންގ

ގޯލްޑް މެޑަލް – ސީފުޑް ލައިވް ކުކިންގ

ސިލްވަރ މެޑަލް – ޗިކަން ލައިވް ކުކިންގ

*ޝެފް އައިޝަތު ރަޝްފާ އަޙްމަދު

ސިލްވަރ މެޑަލް – ބީފް ލައިވް ކުކިންގ

*ޝެފް މަރިޔަމް ޝަފާނާ

ސިލްވަރ މެޑަލް – ޑްރެސް ދަ ކޭކް

މީގެއިތުރުން ޝެފް އިސްމާއިލް ތަހުސީން، ޝެފް އަޖްވަދު އަބްދުލްވައްހާބު، އަދި ޝެފް އައިޝަތު ރަޝްފާ އަޙްމަދު ވަނީ 4 ކޯސް ގޯމޭ މެނޫ ތައްޔާރުކުރުމުގެ ޓީމް ޗެލެންޖުގައި ބައިވެރިވެ އެންމެ މަތީ މާކްސްއާއި ގޯލްޑް މެޑަލް ހޯދާފައެވެ.  

ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެންޕިއަންޝިޕްއަކީ ޕާކިސްތާނުގެ ޝެފުންގެ ޤައުމީ ޖަމިއްޔާ، ޝެފްސް އެސޯސިއޭޝަން އޮފް ޕާކިސްތާނުން އިންތިޒާމްކޮށްގެން ބޭއްވި ކަލިނަރީ މުބާރާތެކެވެ. މި މުބާރާތުގައި ދިވެހި ޝެފުން ބައިވެރިވެފައިވަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.