Advertisement

ރާއްޖޭގެ ފަޅުރަށެއް

17 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ގިނަ ފަޅުރަށްތަކެއް ކައުންސިލްތަކަށް ދޫކުރަން ސަރުކާރުން ނިންމައިފި

25 ފަޅުރަށެއް ބެލެހެއްޓުން ކައުންސިލްތަކާއި ހަވާލު ކުރުމުގެ ގޮތުން، ކައުންސިލްތަކުން އެކަމަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަވޭ އޮތޯރިޓީ މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، 'މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު'ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

'މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު'ގެ ފަސްވަނަ މާއްދާގެ (ށ)ގައި ބުނާގޮތުން، ފަޅުރަށްތައް ދޫކުރެވޭނެ ތިން ގޮތެއް ވެއެވެ. އެއީ އެ ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާން ކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށާއި، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާ އެކު، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުށަހެޅުމުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަނޑައަޅާ ފަރާތަކަށާއި އަދި ސަރުކާރުގެ އިސްނެގުމަށް، ފަޅުރަށެއް ބެލެހެއްޓުން، ވަކި ޝަރުތުތަކަކާ އެކު ކައުންސިލަކާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ.

މީގެ އިތުރުން،  މި ގަވާއިދުގެ ދަށުން ރަށްތައް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. އަދި، ރަށްތަށް ދޫކުރާނެ ފަރާތްތަށް ނިންމާނީ، ވަޒީރުންގެ މަޖިލީހުގެ ހުއްދައާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަށްތައް ތިންވަނަ ފަރާތަކަށް ކުށްޔަށްދިނުމަކަށް ވެސް މި ގަވާއިދު ހުރަހެއް ނާޅައެވެ.

ކައުންސިލްތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ރަށްތަކަކީ:

1-      ހދ. ފަރިދޫ – 26.46 ހެކްޓަރު

2-      ހދ. ހިރިނައިދޫ – 6.40 ހެކްޓަރު

3-      ށ. ނަރުރިނބުދޫ – 27.58 ހެކްޓަރު

4-      ށ. މިގޫދޫ – 8.66 ހެކްޓަރު

5-      ނ. ދީފުރަމް – 2.37 ހެކްޓަރު 

6-      ނ. އިނގުރައިދޫ – 13.12 ހެކްޓަރު 

7-      ރ. ހިބޫދޫ – 2.48 ހެކްޓަރު

8-      ރ. ހުޅުދޫ – 1.63 ހެކްޓަރު 

9-      ރ. ނެޔޮ – 7.19 ހެކްޓަރު 

10-   ބ. މާއްޑޫ – 25.93 ހެކްޓަރު 

11-   ބ. ދަކަންދޫ – 5.73 ހެކްޓަރު 

12-   މ. މާހުރާ – 4.84 ހެކްޓަރު 

13-   ފ. މަކުނުއެރި – 1.28 ހެކްޓަރު 

14-   ދ. ފެންފުށި – 3.51 ހެކްޓަރު 

15-   ދ. މިނިމަސްގަލި – 4.64 ހެކްޓަރު 

16-   ތ. ފެންމީރުފުށި – 1.70 ހެކްޓަރު 

17-   ތ. ކަކޮޅަސް – 16.19 ހެކްޓަރު 

18-   ލ. ކަނޑަރު – 4.27 ހެކްޓަރު 

19-   ލ. ބޮޑުމާބުޅަލި – 5.07 ހެކްޓަރު 

20-   ގއ. ވިލިގަލާ – 3.25 ހެކްޓަރު 

21-   ގއ. މުނަންދުވާ – 6.35 ހެކްޓަރު 

22-   ގދ. މާނައިދޫ – 16.15 ހެކްޓަރު 

23-   ގދ. އާކިރަހުއްޓާ – 9.21 ހެކްޓަރު 

24-   ގދ. ވާރެޔަދުވާ – 3.44 ހެކްޓަރު 

25-   ގދ. ލޮނުދޫ – 5.96 ހެކްޓަރު

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.