ޚަބަރު
15 Feb 2024
ޚަބަރު
ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ، ޔޫއޭއީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ތަޤުރީރުކުރައްވާފައިވެއެވެ. މިތަޤުރީރުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް، ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައިވައި، ރާއްޖެއިން އެކަށައަޅާފައިވާ ތަޞައްވަރުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއުލާނު ކުރައްވާފައެވެ.
15 Feb 2024
ޚަބަރު
ގުޅިފަޅުގެ ބިންހިއްކުން ހުއްޓާލުމުގެ އަމުރަށް ޢަމަލު ނުކުރަށް ސްޕްރީމްކޯޓުން އަމުރުކޮށްފި
ސްޕްރީމްކޯޓުން މިއަމުރު ނެރުނީ، ހައިކޯޓުގެ އަމުރު މިއަދު ދައުލަތުގެ ފަރާތުން ސްޕްރީމްކޯޓުގައި އިސްތިޢުނާފް ކުރުމުންނެވެ.ސްޕްރީމްކޯޓުގެ އަމުރުގައި ބުނެފައި ވަނީ، ހައިކޯޓުން ނެރުނު ވަގުތީއަމުރަށް އަމަލުކޮށްފިނަމަ، ދައުލަތަށް އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް އިންތިހާއަށް ބޮޑުކަމަށް ފެންނާތީ ކަމަށެވެ.
15 Feb 2024
ޚަބަރު
ރިވެލި ކާނިވާ މިއަދު ހުޅުމާލޭ ސެމްޓްރަލް ޕާކުގައި ހުޅުވަނީ
ރިވެލި ކާނިވާގައި ކުރިޔަށް ގެންދާނެ ހަރަކާތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތަކާއި، މަސައްކަތްތެރިކަން ދައްކާލުމުގެ މަޢުރަޒާއި، އެކި ކުޅިވަރުތަކާއި، މަޢުލޫމާތު ޑެސްކްތަކުގެ ޒަރީޢާއިން ކަމާބެހޭ މަޢުލޫމާތު ދިނުން ހިމެނޭނެ ކަމުގައިވެސް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ވިދާޅުވެފައިވެއެވެ.
15 Feb 2024
ޚަބަރު
ރަޖިސްޓްރީ ނުކުރާ ބައެއް ނޫސްތަކަށް ފިޔަވަޅު އަޅަން މީޑިއާކައުންސިލުން ނިންމައިފި
މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ، އެކައުންސިލަށް ހުށައެޅިފައިވާ ޝަކުވާ ތަކާއި ގުޅިގެން، ދިޔަވަރު، ކުރުސީ އަދި ދޮންއަމާގެ ނަމުގައި ހިންގަމުން އަންނަ ތިން އޮންލައިން ނޫހަށް ފިޔަވަޅު އަޅާނެކަމަށެވެ. އެހެން ނަމަވެސް އެނޫސްތަކާއި ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅެއްކަން އެ ކައުންސިލުން ހާމަކޮށްފައެެއް ނުވެއެވެ.
15 Feb 2024
ޚަބަރު
ގުޅިފަޅުގެ މަސައްކަތް ހުއްޓުވި އަމުރު ދައުލަތުން އިސްތިއުނާފު ކުރަނީ
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ހުއްޓުވުމަށް، ހައުސިންގ މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދިޔައީ، ހ. ޝޭޑީކޯނަރ، ޙުމައިދާ ޢަބްދުލްޤަފޫރެވެ.
14 Feb 2024
ޚަބަރު
ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ދަސްކޮށްދޭ ޕްރޮގްރާމް ރައީސް އިފްތިތާހުކޮށްދެއްވައިފި
ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
14 Feb 2024
ޚަބަރު
ހިޔާ ޓަވަރު ތަކުގައި އިތުރު ލިފްޓް ހަރުކަން ޗައިނާގެ ކުންފުންޏަކަށް
ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަރާ ފޭބުމުގައި ދިމާވާ ލިފްޓުގެ ދަތިކަން ހައްލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާ އެކުއެވެ.
14 Feb 2024
ޚަބަރު
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ހައިކޯޓުން ހުއްޓުވައިފި
ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢު ހުއްޓުވުމަށް، ހައުސިންގ މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދިޔައީ، ހ. ޝޭޑީކޯނަރ، ޙުމައިދާ ޢަބްދުލްޤަފޫރެވެ.
14 Feb 2024
ޚަބަރު
ރާއްޖެއަށް ޝިއަންމެން އެއަރގެ ދަތުރުތައް ފަށައިފި
14 Feb 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެންސީ ހުށައެޅީ 381 މީހުން
ޙަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކުގެ، ނަން ތަރުތީބު ކުރުމަށްޓަކައި، ކެންޑިޑޭޓުންގެ މެދުގައި، ގުރުޢަތު ނެގުން ހުކުރުދުވަހު ބޭއްވުމަށް ހަމަޖައްސަވާފައި ވާކަމަށާއި، ގުރުއަތުލުން އޮންނާނެ ގަޑިތައް ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން އަންގަވަމުން ގެންދަވާނެ ކަމަށެވެ.
14 Feb 2024
ޚަބަރު
ރަމަޟާން މަހުގެ ކުރިން މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރަނީ
ގްރޭޓަރ މާލެ ޞަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ.
14 Feb 2024
ޚަބަރު
ވޯޓުގެ ސިއްރުކަން ގެއްލޭ މީހުން ރީ ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަން ކޮމިޝަނުން ވިދާޅުވީ، ވޯޓުގެ ސިއްރުކަން ގެއްލޭ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު މާދަމާ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، އެ އިޢުލާނުގައިވާ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
14 Feb 2024
ޚަބަރު
މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓަނީ ބޭރުގެ 2 ޤައުމެއްގައި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓުފޮށި ބެހެއްޓޭވަރަށް ރީރަޖިސްޓްރީ ކޮށްފައިވަނީ ރާއްޖެއިން ބޭރު ދެ ގައުމެއްގައިކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
14 Feb 2024
ޚަބަރު
މާލޭ ސަރަހައްދުގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ދަށަށް
މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ ކަންކަން ސީދާ ކައުންސިލުން ކުރިއަށް ގެންދަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
14 Feb 2024
ޚަބަރު
ކެންސަރު ހޮސްޕިޓަލް އަޅަން ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަނީ
ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށް ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާންކޮށްފިއެވެ. ކެންސަރު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ ފުރަގަހުން އޮންނަ ބިމުގައެވެ.
14 Feb 2024
ޚަބަރު
ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި، ސްޕްރީމް ކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރަކަށް ފަނޑިޔާރު ހުސްނު ސުޢޫދު ހަމަޖައްސަވައިފި
ސްޕްރީމްކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ކުރިން އެމަޤާމުގައި ހުންނެވި، ޢާއިޝާ ޝުޖޫންގެ ބަދަލުގައި އެމަޤާމަށް ފަނޑިޔާރު ޙުސްނު ސުޢޫދު ހަމަޖެއްސެވީ، ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައި އެކަން އެގޮތަށް ހަމަޖެއްސެވުމަށް އެބޭފުޅުންނަށް ފެނިވަޑައިގެންނެވެ.