Advertisement

މަޖިލީހުގެ ބަހުސެއްގައި އަޙުމަދު ރަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ

17 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އީސީއަށް ފޯމު ހުށަހެޅުމަށްފަހު ހަތަރު ފަރާތަކުން ނަން އަނބުރާ ނަގައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 4 ބޭފުޅެއްގެ ނަން އަނބުރާ ނަންގަވާ، މި އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ދިން ފުރުސަތު ބަންދުވިރު، އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބް ހާމަކުރައްވާފައިވާ ގޮތުގައި، މި އިންތިހާބުގައި ވާދަކުރެއްވުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 372 ކެންޑިޑޭޓުންނެވެ. އަދި އެއަށްފަހު 4 ބޭފުޅެއްގެ ނަން އަނބުރާ ގެންދެވުމުން، މި އިންތިހާބުގައި ވާދަކުރައްވާނީ ޖުމްލަ 368 ކެނޑިޑޭޓެކެވެ. 

ހަބީބް ވިދާޅުވެފައިވާ ގޮތުގައި ނަން އަނބުރާ ނެންގެވި ކެންޑިޑޭޓުންގެ ތެރޭގައި، ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި، އެ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު ރަޝީދު ވެސް ހިމެނި ވަޑައިގަންނަވައެވެ. ދެން ހިމެނެނީ އެމްޑީޕީން މުލަކު ދާއިރާއަށް، ޕީއެންސީން ގައްދޫ ދާއިރާއަށް އަދި އަމިއްލަ ގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނެވެ.

މިފަހަރު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންނެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެނޑިޑޭޓަކު ވާދަކުރައްވަން ހުށަހަޅާފައިވާއިރު، އިދިކޮޅު އެމްޑީޕީއިން 90 ދާއިރާއެއްގައި ވާދަކުރެއެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީ ވާދަކުރަނީ 89 ދާއިރާއަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.