Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް --

16 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އައިއެމްއެފް ގެ ޕްރޮގްރާމަކަށް ދާންޖެހޭނީ ސަރުކާރުގެ ކަންކަން ކުރުމުގެ ވައްޓަފާޅި ނެތްނަމަ: ފައްޔާޒް

އައިއެމްއެފް ގެ ޕްރޮގްރާމަކަށް ދާންޖެހޭނީ ސަރުކާރުގެ ކަންކަން ކުރުމުގެ ވައްޓަފާޅި ނެތިގެންކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެއްޖެ ކަމަށްބުނެ ސޯޝަލްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވައި، މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓާއި ގުޅިގެން ފައްޔާޒު ކުރެއްވި ޕޯސްޓްގައެވެ.

ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކަމަށާއި، އަބަދުވެސް ޗެލެންޖް އޮތީ ސަރުކާރުގެ މާލީ ހާލަތުގައި ކަމަށެވެ. އަދި ޚާރިޖީ ގުޅުންތައް ދަމަހައްޓައި ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތައް ކަންކަން ހައްލުކުރެވެން ވާނެ ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، އައިއެމްއެފް ގެ ފްރޮގްރާމަކަށް ނުގޮސްވާންވާނެ ކަމަށާއި، ދާންޖެހޭނީ ކަންކުރުމުގެ ވައްޓަފާޅިނެތްނަމަ ކަމަށެވެ.

ބޭރުގެ ދަރަނި ނުދެއްކި ރާއްޖެ ބަނގުރޫޓުވެއްޖެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ސަރުކާރާއި ދެކޮޅު އެކްސްއެކައުންޓަކުން ދަނީ ސޯޝަލްމީޑިއާގައި ވާހަކަތައް ފަތުރަމުންނެވެ.

އެކަމާއި ގުޅިގެން މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ މާލީނިޒާމްގެ އިތުބާރުގެއްލުވާލަން ފިލައިތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރިގޯސްހާލަތަށް ރާއްޖެވައްޓާނުލެވުމުން ސިޔާސީގޮތުން މާޔޫސްވެގެންކަމަށެވެ. އަދި ރާއްޖެވަކިޕްރޮގްރާމެއްގައި ބައިވެރިވާކަށްނުޖެހޭ ކަމަށާއި، އިޤްތިޞާދީޙާލަތު އައްނަނީ ކުރީންލަފާކުރިވަރަށްވުރެންވެސް ބާރަށް ރަނގަޅުވަމުންގައި އިކޮނޮމިކް މިނިސްޓަރ ސަޢީދު ވަނީ ވިދާޅުވެފައެވެ.

ބޭރުގެ ދަރަނި ދެއްކޭނެ ގޮތެއް ނެތި ރާއްޖެ ބަނގުރޫޓުވެއްޖެކަމަށް ބުނެ ވާހަކަތައް ފަތުރަމުން ދާއިރު، ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.