Advertisement

ހުޅުމާލެ ފޭސް2. ފައިލް ފޮޓޯ

16 Feb 2024
ޚަބަރު

ހުޅުމާލެ ފޭސް2 ގައި މުދާ ބާލާ ފަރާތްތަކަށް ވަގުތީ ޖެޓީއެއް

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި މުދާ އަރުވާ ބޭލުމަށް ވަގުތީ ޖެޓީއެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ޤާއިމްކޮށްފިއެވެ. އެޗްޑީސީން ބުނީ މިއީ ހުޅުމާލެއަށް މުދާ އަރުވާ ބޭލުމުގެ ދަތިކަން ހުޅުމާލޭގެ ތަރައްޤީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށްޓަކައި ޤާއިމްކުރި ޖެޓީއެއްކަމަށެވެ.

މި ޖެޓީގެ ޙިދުމަތް ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ "މައި ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް ޖާގަ ކަށަވަރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި ޖެޓީގެ ޙިދުމަތް 18 ފެބްރުއަރީ އިން ފެށިގެން ލިބޭނެއެވެ. 

ޖެޓީ ބޭނުންކުރުމަށް އެކަމަށް ކަނޑައެޅިފައިވާ ފީއެއް ނަގާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ފީ ކަނޑައަޅާފައިވަނީ އުޅަނދުގެ ކުޑަ ބޮޑުމިނަށް އަދި ހޭދަވާ ވަގުތަށް ބެލުމަށްފަހުގައެވެ. އަގުތައް އުޅެނީ 1400 އިން ފެށިގެން 11000 އާއި ދެމެދުގައެވެ. އެޗްޑީސީން ބުނީ އެ ނޫން ގޮތަކަށް ޖެޓީ ބޭނުންކުރުމަކީ މަނާކަމެއްކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.