ޚަބަރު
11 Feb 2024
ޚަބަރު
ދައުރު ކުރަމުން އޭސީސީގެ ލިސްޓެއް ނޫން - އޭސީސީ
އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ފްލެޓް ދޫކުރުމާއި ގުޅޭ ގޮތުން، ތަޙްޤީޤުކުރަމުންދާ މައްސަލައިގައި، އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދަނީ އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށެވެ.
11 Feb 2024
ޚަބަރު
މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި ގުޅޭ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ނިންމަވައިފި
މި މުޢާހަދާއަކީ ހައި ސީސް ނުވަތަ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާ އެކުލަވައިލެވިގެން ދިއުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ.
11 Feb 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ދުބާއީގައި މިމަހުގެ 12 އިން 14 އަށް ބާއްވާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީއަށް ވަޑައިގެންނެވީ، ޔޫ.އޭ.އީ. ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށެވެ.
11 Feb 2024
ޚަބަރު
މަޖިލިސް އިންތިޚާބު ފަސްކުރާ އިސްލާޙް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކުރި ނަމަވެސް މި ބިލް ޤާނޫނަކަށްވެ ޢަމަަލުކުރަން ފަށަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ކުރެއްވުމުންނެވެ. ބިލް ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނީ، 14 ދުވަހުގެ މުއްދަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުއްވާ ލައްވައިފިނަމަ، މަޖިލީހުން ދެވަނަ ފަހަރަށް އެބިލް ފާސްކުރުމުން އެހިސާބުން ޤާނޫނަކަށްވެ ޢަމަލުކުރަންޖެހޭނެއެވެ.
11 Feb 2024
ޚަބަރު
ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މިހާދިސާގައި އަލިފާން ރޯވެފައި ވަނީ، އެ ސްޓޯރޭޖްގެ ތެރޭގައި ހުރި، ހާޑުވެއާ ސާމާނުތަކެއްގައި ކަމަށާއި، އަލިފާން ނިވާލެވިފައިވާ ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފައެވެ.
11 Feb 2024
ޚަބަރު
ޤާބިލްކަމުގެ ގޮޮތުން އަދިވެސް ރައްޔިތުންގެ މަޖިލިސް އޮތީ ވަރަށް ޅަފަތުގައި: މަޖިލީހުގެ ނައިބު ރައީސް
ސަލީމް ވިދާޅުވީ، ޤާބިލްކަމުގެ ގޮތުން މަޖިލިސް އަދިވެސް އޮތީ ވަރަށް ޅަފަތުގައި ކަމަށާއި، އުމުރާއި އެއްވަރަށް މަޖިލިސް ކުރިއަރައި ނުދާކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ދެނެގަތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ދެންނެވުމަކީވެސް ކުށަކަށް ނުވާނެ ކަމުގައި ސަލީމް ވިދާޅުވިއެވެ.
11 Feb 2024
ޚަބަރު
ފަތުރުވެރިކަމުގެ ތާރީޚީ ރެކޯޑެއް، އެއް ދުވަހެއްގައި 10 ހާސް ފަތުރުވެރިން!
11 Feb 2024
ޚަބަރު
މިއަހަރުގެ ސަވާދީއްތަ ދަތުރު ފަށައިފި
ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީން އަހަރަކު އެއްފަހަރު، ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޔޮޓްރެލީއެކެވެ.
11 Feb 2024
މޯލްޑިްވްސް ޕޮލިސް ސަރވިސް
ހުޅުމާލޭގައި ކަސްރަތަށް ނުކުމެ އުޅުނު މީހެއްގެ ކަރުގައި އޮތް ފަށް ފޭރިގެންފި
ފުލުހުންގެ އިދާރާއިން ބުނީ، ހުޅުމާލެ ރީތިގަސް މަގުގައި، ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރިގަތްކަމުގެ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު، 6:30 ހާއިރުގައި ކަމަށެވެ. އަންހެންމީހާ ހިފަހައްޓައި އޭނާގެ ކަރުގައި އޮތް ފަށް ފޭރިގަތީ، ސައިކަލެއްގައި އެސަރަހައްދުގައި އުޅުނު ދެމީހުންކަމުގައި ވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
11 Feb 2024
ޚަބަރު
ހައްޖުގެ އަޅުކަމަށް ޖާގަ ދޭނެކަމަށް ބުނެ ހައްޖު ކޯޕަރޭޝަނުންގެ ނަމުގައި ސްކޭމް ކޯލްތަކެއް
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ފައިސާ ޖަމާކުރުމަށް އެދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރާ ފޯން ކޯލުތަކަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ.
11 Feb 2024
ޚަބަރު
އަލިރަސްގެފާނުގެ ޖިހާދު މިއަދު ސިޔާސީ މީހުންނާއި، މީޑިއާ އާއި ޒުވާނުންނާއި އެބަ މުޚާތަބުކުރޭ- ރައީސް
ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ހިޖުރީ ކަލަންޑަރުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. އެދުވަހަކީ، ދިވެހިތަޚުތުގައި ރެނދަލި ކުރެއްވި އައްސުލްޠާން ޢަލީ 6 ވަނަ، ޕޯޗްގީޒުންނާއި ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވި ދުވަހެވެ.
11 Feb 2024
ކުޅިވަރު
ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިދިޔަ ބުދަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަ ހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.
10 Feb 2024
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަޒީފާ ހޯދުމަށް ފެސްޓިވަލެއް ބާއްވަނީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށް ނިންމަވާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
10 Feb 2024
ޚަބަރު
ރޯދަމަހަށް ބަހާ ކާޑުގެ ބާވަތް ހޯދަން ރަޖިސްޓްރީވާން ނުޖެހޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ
މި ސަރުކާރުން ރޯދަ މަހާއި ދިމާކޮށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައިވާއިރު, ރަޖިސްޓްރީ ނުވިޔަސް އެތަކެތި ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
10 Feb 2024
ޚަބަރު
ރިޔާސީ ވައުދެއް ފުއްދުމަށް ގާނޫނާ ޚިލާފު ސަގާފަތެއް އާންމު ކުރަނީ: މެޑަމް ފަޒުނާ
މާލޭގެ މަގުމަތީގައި ހަމައެއް ލަމައެއްނެތި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މިހާރު އާންމު ކަމަކަށްވެފައި ވާއިރު، ކުރީގެ ފަސްޓް ލޭޑި ފަޒްނާ އަޙުމަދު އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި މެޑަމް ފަޒްނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ބޭނުމުގައި، އެމީހަކު ކުރާނެ ގޮތަކަށް ޕާކު ކުރަން ދޫކޮށްލާފައި އޮތުމުން، ގާނޫނާ ޚިލާފު ސަގާފަތެއް މިހާރު ދަނީ އާންމުވަމުންނެވެ.
09 Feb 2024
ޚަބަރު
މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށައެޅީ އެންމެ 15 މީހުން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ހުށައަޅާފައިވަނީ އެންމެ 15 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ.