Advertisement

ރައްޔިތުންގެ މަޖިލިސް ---

11 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބު ފަސްކުރާ އިސްލާޙް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ރަމަޟާންމަހު، އިންތިޚާބުތައް ނުބާއްވާގޮތަށް، އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙްތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާޙް މަޖިލީހުން ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ނެގި ވޯޓުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 46 މެމްބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަން ނުފެންނަކަމަށް ވޯޓުދެއްވީ، 3 މެމްބަރުންނެވެ. މަޖިލީހުގެ ތަޅުމުން ބިލް ފާސްކުރެއްވީ، ކޮމިޓީން ބިލް ފާސްކުރިގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކުރި ނަމަވެސް މި ބިލް ޤާނޫނަކަށްވެ ޢަމަަލުކުރަން ފަށަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ކުރެއްވުމުންނެވެ. ބިލް ތަސްދީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނީ، 14 ދުވަހުގެ މުއްދަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުއްވާ ލައްވައިފިނަމަ، މަޖިލީހުން ދެވަނަ ފަހަރަށް އެބިލް ފާސްކުރުމުން އެހިސާބުން ޤާނޫނަކަށްވެ ޢަމަލުކުރަންޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، މިހާރު ކަނޑައެޅިފައި އޮތް ތާރީޚަށްވުރެ ލަސްކުރަން ސަރުކާރުން ބޭނުން ނުވި ނަމަވެސް، މުއްދަތުތައް ކަނޑައަޅާފައިވާ ގޮތުން، މިހާރު އެކަން ނިމޭނީ، މަޖިލީހުގައި މިހާރު މެޖޯރިޓީ އޮތް އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ރޯދަމަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާޙް ހުށައަޅާފައި ވަނީ ރޯދަމަހުގައި އިންތިޚާބުތައް ބޭއްވުން މަނާވެގެންދާ ގޮތަށެވެ. އާއްމު އިންތިޚާބާިއ ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއުއެވެ. މިގޮތުން އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާޙް ހުށައަޅާފައިވަނީ އިންތިޚާބެއް ބާއްވަންޖެހޭ ދުވަސްވަރު ރަމަޟާން މަހާއި ދިމާވެއްޖެ ނަމަ އެއިންތިޚާބެއް ރަމަޟާން މަސް ނިމިގެން ދިހަ ދުވަހުގެ ފަހުން ބާއްވާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މިހާރު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، މާރިޗު މަހުގެ 17 ވަނަ ދުވަސް ދިމާވަނީ، ރަމަޟާން މަހުގެ 7 ވަނަ ދުވަހާއެވެ. އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި މުއްދަތުތައް ދީފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަމަހުގެ ކުރިންވެސް ނުވަތަ ފަހުންވެސް ބޭއްވެން އޮތީ ޤާނޫނަށް ބަދަލު ގެނެސްގެންނެވެ. އަދި ރޯދަމަސް ނިމި ހަރޯދައިގެ ފަހުން އިންތިޚާބު ބާއްވާނަމަ، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުގެ ކަންކަން ނިންމައި ނުލެވިދާނެ ކަމުގެ ކަންބޮޑުވުންވެސް އިލެކްޝަންސް ކޮމިޝަނުން އޮތީ ފާހަގަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.