Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ---

13 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުން މިދައުރަށް 24 ބިލެއް ހުށައަޅާނެ - މަޖިލީހުގެ ރައީސް

rރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ސަރުކާރުން، 24 ބިލެއް ހުށައަޅުއްވާނެ ކަން ވަނީ އަންގަވާފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މިދައުރަށް ސަރުކާރުން ހުށައަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ އިއްޔެ ކަމަށެވެ. މިގޮތުން މިލިސްޓު މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރައްވާނެ ކަމުގައިވެސް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވިއެވެ. 

ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ހުށައަޅަން ނިންމާފައިވާ ބިލްތައް:

1- ބިމުގެ ބިލް

2- ބޯހިޔާވަހިކަމުގެ ބިލް

3- ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް

4- އާބަން ޕްލޭނިން އާބަން ޑިވެލޮޕްމަންޓްގެ ބިލް

5- ނަފުސާނީ ސިއްހަތުގެ ބިލް

6- ސިއްހީ ހިދުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

7- ކޮޕީ ރައިޓާއި އެއާގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނަށް އިސްލާޙްގެނައުމުގެ ބިލް

8- ދަތުރުފަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާ ބެހޭ ބިލް

9- ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ބިލް

10- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

11- ފޮރިން އިންވެސްޓްމަންޓްގެ ބިލް

12- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

13- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

14- ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް

15- ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް

16- ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

17- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

18- ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

19- ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިލް

20- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

21- ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

22- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

23- މީޑިއާ ކޮމިޝަންގެ ބިލް

24- ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް

ރައްޔިތުންގެ މަޖިލީހުގެ 82 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދައުރަކަށް ސަރުކާރުން ހުށައަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓެއް ރައްޔިތުންގެ މަޖިލިހަށް ހުށައެޅުން ސަރުކާރަށް ލާޒިމްކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.