Advertisement

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ފުރާ ވަޑައިގެންނެވުން ---

11 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ފުރާވަޑައިގެންފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ.)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ދުބާއީގައި މިމަހުގެ 12 އިން 14 އަށް ބާއްވާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީއަށް ވަޑައިގެންނެވީ، ޔޫ.އޭ.އީ. ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށެވެ.

މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ސަމިޓަށް ވަޑައިގަންނަވާ ބައެއް ޢިއްޒަތްތެރިންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ފެބްރުވަރީ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Sep 2024
ޚަބަރު
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
20 Sep 2024
ޚަބަރު
އެންމެ ހެޔޮ އަމަލުގެ ތެރެއިން ފުރަތަަމަކަމަކީ މުސްލިމުންނަށް އުފާވެރިކަން ހޯދައިދިނުން: ހުކުރު ޚުޠުބާ
"އެންމެ މަންފާހުރި މީހާ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ރަޞޫލާގެ ޙަދީޘްފުޅުން ހާމަވާ ގޮތުގައި ހެޔޮ އަމަލުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައި ވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ. އެގޮތުން އެންމެ އިސްކަން ދޭންޖެހޭނީ ތިމާގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރީންނަށްކަންވެސް ނަބިއްޔާގެ ޙަދީޘުން އެނގޭ ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
20 Sep 2024
ޚަބަރު
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭ އެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
މިފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އާއި، އެކައުންސިލްގެ މެމްބަރު އަޙްމަދު ޞަބާޙްއެވެ. މިކަމަށްޓަކައި އެރަށުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
20 Sep 2024
ޚަބަރު
އިގިލިތައް ބުރިކޮށްލާނެ ކަމުގެ ބިރުދައްކައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ، އަތިރީގެ، އަހުމަދު ސިވާތު، (37އ)، އަދި ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމް، (37އ) ކަމަށެވެ. އެމީހުން ވަނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް، ވަޅިން ބިރު ދައްކައި، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގައި ބުނެ ބިދޭސީ ދެމީހެއްގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގެންފައެވެ.