Advertisement

އެމް.އާރް.އެމްގެ އެގްޒެކެޓިވް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެެއިން --- ފޮޓޯ: އެމްއާރްއެމް

13 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް މައުމޫނުގެ ޕާޓީ އެމްއާރްއެމް އުވާލީ ޤާނޫނާއި ޚިލާފަށްކަން ކަނޑައަޅައި އެޕާޓީއަށް 50 ހާސް ރުފިޔާގެ ބަދަލެއް ދިނުމަށް ޙުކުމްކޮށްފި

ރައީސް މައުމޫނުގެ ޕާޓީ އެމްއާރްއެމް, އިލެކްޝަންސް ކޮމިޝަނުން އުވާލީ ޤާނޫނާއި ޚިލާފަށްކަން ކަނޑައަޅައި އެޕާޓީއަށް 50 ހާސް ރުފިޔާގެ ބަދަލެއް ދިނުމަށް ސިވިލްކޯޓުން ޙުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މިހުކުމް ކުރެއްވީ، އެޕާޓީ އުވާލުމާއި ގުޅިގެން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ބަލައި ނިންމުމަށްފަހުގައެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ، ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ، (ހ) އާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ (1) އާ ޚިލާފު ނިންމުމެއްކަމަށް ސިވިލްކޯޓުން ވަނީ ކަނޑައަޅާފައެވެ.

އިިއްޔެ ސިވިލްކޯޓުން ކުރި ޙުކުމްގައި ބުނެފައި ވަނީ، ކޮންމެ ހަމަކުން އެއް ފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށްދޭން ޖެހޭ ނޯޓިސް ދިނުމުގައި އަމަލުކުރަން ޖެހޭ ޒިންމާދާރު ގޮތަށް މާޒީގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރްއެމް އިން އުފުލަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އެމައްސަލައިގައި، މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ 30، 270 އަދި 272 ވަނަ މާއްދާ އާއި ހަވާލާދީ، ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެމްއާރްއެމްއިން ނަގައިދޭން އެދިފައިވާ، 50،000ރ 07 ދުވަސް ތެރޭގައި  ސިވިލްކޯޓަށް ދެއްކުމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސިވިލްކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.