Advertisement

އެމްޑީޕީގެ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެންސީ ފޯމް ހުށައެޅުން --- ފޮޓޯ: އެމްޑީޕީ

12 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ މެމްބަރުން ކެންޑިޑެންސީ ފޯމް ހުށައަޅައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން އެބޭފުޅުން ކެންޑިޑެންސީ މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެންސީ ހުށައެޅުމަށް ވަޑައިގެންފައި ވަނީ، އެކި ދާއިރާތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ އިންތިޚާބީ އޭޖެންޓުންނާއި އެކުގައެވެ. އަދި ކެންޑިޑެންސީ ހުށައެޅުމަށް ދިޔަ ކެންޑިޑޭޓުންނާއިއެކު އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާޢީލާއި ޕާޓީގެ އެހެން އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އިއްޔެ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ އިސްބޭފުޅުން ވަނީ ހުރިހާ ކެންޑިޑޭޓުންނާއި ބައްދަލު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަހަރު 93 ދާއިރާއަކުން ކެންޑިޑޭޓުން ކުރިމަތިލައްވާއިރު، ހުރިހާ ދާއިރާއަކަށްވެސް ކެންޑީޑޭޓުން ނެރޭނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަަކަށް ވާދަކުރަނީ، ޕީޕީއެމް ޕީއެންސީ ކޯލިޝަނުންނާއި، އެމްޑީޕީންނެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވީނަމަވެސް، ރޯދަމަހު އިންތިޚާބުތައް ބޭއްވުން މަނާވާގޮތަށް އާއްމު އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙް ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.