Advertisement

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް

12 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ވަޒީރުންނާއި ސުވާލުކުރުމުގެ ޤާނޫނު އުވާލައި، ރައީސާއި ނައިބުރައީސްވެސް މަޖިލީހަށް ހާޟިރު ކުރެވޭ ގޮތް ހަދަނީ

އައު ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޢަމަލުކުރަމުން އައި، ވަޒީރުންނާއި ސުވާލު ކުރުމުގެ ޤާނޫނު އުވާލުމަށާއި، މަޖިލީހުގެ ޤަވާއިދުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އަދި ވަޒީރުންވެސް މަޖިލީހަށް ހާޟިރުކޮށް ސުވާލު ކުރެވޭނެ ގޮތް ހެއްދެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ހުށައަޅުއްވައިފިއެވެ.

ސަލީމް މަޖިލީހަށް ހުށައެޅުއްވި، ޤާނޫނު ނަންބަރު 2/2005 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު) އުވާލުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކުރިޔަށް ގެންދަވާފައެވެ. މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ބިލު މަޖިލީހަށް ހުށައަޅުއްވައި ދެއްވަމުން، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނަކީ، މިހިނދަށް ބޭނުމެއް އޮތް ޤާނޫނެއް ނޫން ކަމަށެވެ. އެޤާނޫނު އުވާލުމަށް ހުށައަޅުއްވަނީ އެހެންވެ ކަމަށާއި، ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގައި، އޮންނަ ގޮތުން ސުވާލު ކުރުމުގެ ބާރު ދީފައި އޮންނަނީ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.

ސަލީމް ވިދާޅުވީ، ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަށް ނޫންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުވެސް މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"ޤާނޫނު އަސާސީގައި މިބުނަނީ، ސަރުކާރުގެ އެއްވެސް މަޤާމެއްގައި ހުރި މީހަކު އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން، އެމީހަކާއި ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދޭން ވާނެޔޭ!"

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް

ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް މަޖިލީހުގެ ޤަވާއިދުގައި އިޖުރާއަތްތައް ހިމަނަން ޖެހޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެޤައުމުތަކުގެ ރައީސުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާ ކަމުގައި ސަލީމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.