ޚަބަރު
ޚަބަރު
04 Feb 2024
ޚަބަރު
ރޯދަމަހުގެ ފަހު ދިހައިގެ ބަންދުތެރޭގައި ޚިދުމަތްތައް ލިބޭނެ ގޮތްތައް ހަމަޖައްސަން ރައީސް އަންގަވައިފި
ރަމަޟާން މަހުގެ ފަހު ދިހައެއްގެ ބަންދާއި އެކު، މާރިޗު 31 އިން އޭޕްރީލް 13 އަށް މެދު ނުކެނޑި 14 ދުވަސް ސަރުކާރު ބަންދުވާނެއެވެ.
04 Feb 2024
ވިޔަފާރި
އެމްއައިބީން ހުޅުމާލޭގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑޮލަރު އޭޓީއެމްއެއް ފުރަތަމަ ފަހަރަށް ހުޅުމާލޭގައި ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުއެވެ.
04 Feb 2024
ޚަބަރު
ހިޔަލަ ވީކެންޑް މާކެޓްގެ ވަގުތާއި ވިޔަފާރިވެރިންގެ އަދަދު އިތުރުކޮށްފި
"ހިޔަލަ ވީކެންޑް މަރކެޓް"ގައި ކޮންމެ ހަފްތާއަކު ފުރުޞަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް، ހަފްތާއަކު ތިން ދުވަހު މި މަރކެޓް ބޭއްވުމަށް ބީސީސީން ނިންމައިފިއެވެ.
04 Feb 2024
ޚަބަރު
ފަރުވާއަށް ފަހުގައި، މިނިސްޓަރ ރަމީލާ މަސައްކަތަށް ނުކުންނަވައިފި
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާ މަޤާމަށް އައްޔަނުކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީ އެކަމަނާ ވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެކަމަނާއަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ މަޤާމާއި ހަވާލުވެވަޑައިގެންނެވިވާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
04 Feb 2024
ޚަބަރު
ގައްޒާގެ ޙާލަތު ބަދަލެއް ނުވޭ! ޤުނޫތުއްނާޒިލާ ކިޔުން ހުއްޓާލައިފި
ފަލަސްޠީނުގެ ގާޒާ އަށާއި، ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ވަނީ 27000 ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި 18000 ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިޒްރާއީލުން ވަނީ ރޭވެސް ރަފަހްގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީފައެވެ.
04 Feb 2024
ޚަބަރު
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވުން މާދަމާ
ރިޔާސީ ބަޔާނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ޤައުމުގެ ޙާލަތާއި އަދި ކުރިޔަށް ހުރި ޕްލޭންތަކާއި ތަޞައްވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވަންޖެހޭ ބަޔާނެކެވެ.
04 Feb 2024
ޚަބަރު
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އެބޭފުޅުންގެ ދާއިރާތައް
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުންތަކެއްވެސް ވަނީ އެބޭފުޅުން ވާދަކުރެއްވި ދާއިރާތަކުން ޕާޓީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
04 Feb 2024
ޚަބަރު
ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އެކު މަޖިލިސްގެ ގޮނޑިތަށް ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސް ޞާލިޙް އެދިވަޑައިގެންފި
ރައީސް ސާލިޙް ވަނީ އިއްޔެ ބޭއްވި، ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ ބޭފުޅުންނަށާއި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.
03 Feb 2024
ޚަބަރު
ފޭސް2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް ފަރުވާދެނީ
ހުޅުމާލޭ ފޭސް2 ގައި 2 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 4 މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
03 Feb 2024
ޚަބަރު
ޑިމޮކްރެޓްސްގެ ޕްރައިމަރީ ކާމިޔާބުކުރީ ސައިފްއާ ފިރުޝާން
ދަ ޑިމޮކްރެޓްސް އިން ވިހި ވަނަ މަޖިލީހުގައި ވާދަކުރާ ދެ ދާއިރާއަކަށް އެއް ކެނޑިޑޭޓަށް ވުރެން ގިނަ ކެނޑިޑޭޓުން ވާދަކުރުމަށް ހުށަހަޅާފައިވާތީ، އެ ދެ ދާއިރާއިން ކުރިމަތިލާނެ ބޭފުޅަކު ކަނޑައެޅުމަށް މިއަދު ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ސައިފްއާ ފިރުޝާންއެވެ.
03 Feb 2024
ޚަބަރު
މަޖިލިސް އިންތިހާބުގައި ރީރަޖިސްޓްރީވާން 1257 މީހުން ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
03 Feb 2024
ޚަބަރު
ނަލަހިޔާ ހޮޓެލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ނަލަހިޔާ ހޮޓަލުގެ ފުރަތަމަ ފަންގިފިލާގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގުމަށް މެދުވެރިވީ، އެ ހޮޓަލުގެ ފުރަތަމަ ފަންގިފިލާގައި ރައްކާކޮށްފައި ހުރި ކަރުދާސް ފޮށިތަކެއްގައި ރޯވުމުގެ ސަބަބުންނެވެ.
03 Feb 2024
ޚަބަރު
ރޮޒައިނާއަށް އެމްޑީޕީ ޓިކެޓު ކަށަވަރެއް ނުވި
ވިހި ވަނަ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ތަމްސީލުކުރާނެ ކެނޑިޑޭޓުން ހޮވުމަށް، އެ ޕާޓީއިން މިއަދު ބޭއްވި ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
03 Feb 2024
ޚަބަރު
ހައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ
މިއަހަރުގެ ޙައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ޙައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.
03 Feb 2024
ޚަބަރު
އައިޖީއެމްއެޗްގެ ބްލަޑް ބޭންކަށް އެމްޕީއެލްއިން ލޭހަދިޔާކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި އައިޖީއެމްއެޗް ގުޅިގެން "ބްލަޑް ޑްރައިވް" ހަރަކާތެއް މިއަދު ބާއްވައިފިއެވެ.
03 Feb 2024
ޚަބަރު
އެމްޑީޕީ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ޑރ ޝަމްހީދު ކާމިޔާބު ކުރައްވައިފި
މިއިންތިޚާބުގައި އެދާއިރާގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ، ހުޅުމާލެ ޤާސިމް ޕްރީ ސްކޫލުގައެވެ. ޑރ. ޝަމްހީދަށް 187 ވޯޓު ލިބުނު އިރު ދެން ވާދަކުރެއްވި ޙުސައިން ނަޒީފަށް ލިބިވަޑައިގަތީ 123 ވޯޓެވެ.