ޚަބަރު
ޚަބަރު
01 Feb 2024
ޚަބަރު
ބޮޑު ކަންނެލި މަސްވެރކަން ކުރާ ފަރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި
އިންޑިއާ އަސްކަރިއްޔާގެ ދެ މަނަވަރެއްގެ ސިފައިން، ރާއްޖޭގެ ސަރަހައްދަށް ވަދެ، ކަންނެލި މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ ތިން ދޯންޏަކަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އަރައި، އެއުޅަނދުތައް ބަލައި ފާސްކުރުުގެ އަމަލުތަކެއް އިއްޔެ ވަނީ ހިންގާފައެވެ. އެކަމުގެ ކަންބޮޑުވުންތަކާއި އެކު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ. އެޖަމިއްޔާގެ މެމްބަރު ތިން ދޯންޏަކަށް، ބޭރު ޤައުމެއްގެ އަސްކަރީ ސިފައިން އަރައި،ބިރުދައްކައި، މުވާޞަލާތީ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް، މަސްވެރިކަން ކުރުމަށް ހުރަސް އެޅުމަކީ، އެޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
01 Feb 2024
ޚަބަރު
ޕީޖީ ޝަމީމަށް ހަމަލާދިން އިރު ސެކިއުރިޓީ ދިނުން އޮތީ ހުއްޓާލާފައި - ފުލުހުން
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފައިވާކަން މީޑިއާއަށް ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީޕީ ޝުޖާއު ވިދާޅުވީ، ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ކުރިން ސެކިއުރިޓީ ދެމުން ދިޔަ ކަމަށާއި އެހެން ނަމަވެސް ނުރައްކަލެއް ނެތުމުން ފަހުން އޮތީ ސެކިއުރިޓީ ދިނުން މެދުކަނޑާލާފައި ކަމަށެވެ.
01 Feb 2024
ޚަބަރު
އެމްޑީޕީގެ އިތުރު ތިން ބޭފުޅަކަށް މަޖިލިސް ޓިކެޓް ކަށަވަރުވެއްޖެ
މިގޮތުން އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޕްރައިމަރީ އަކާއި ނުލައި ޕާޓީގެ ޓިކެޓް ކަށަވަރުވި ތިން ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަޙީދާއި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބުދުއް ލަޠީފާއި، މާފަންނު އުތުރުދާއިިރާއަށް ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ، އިފްޙާމް ޙުސައިންއެވެ.
01 Feb 2024
ޚަބަރު
ރާއްޖެއަށް ބޭނުންވާ އެހީތައް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ޕާކިސްތާނުން ދީފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ބައިނަލްއަޤްވަމީ މަސްރަހުގައި ދެ ޤައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވިކަމުގައިވެސް އެއޮފީހުން ހާމަކުރައްވާފައިވެއެވެ.
01 Feb 2024
ޚަބަރު
މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ވަރަށް އަވަހަށް ފައިސާ ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގައި ވިދާޅުވީ، އެމަނިކުފާނު ސަރުކާރާއި ހަވާލުވި އިރު މަސްވެރިންނަށް ވަރަށް 250 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދެވި ހުރިކަމަށެވެ. އަދި ސަރުކާރުން ވަނީ ދެފަހަރެއްގެ މަތިން ދުއިސައްތަ މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ވާކަމަށާއި، މިހާރުވެސް 270 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދެވި އޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
01 Feb 2024
ޚަބަރު
ސްކޭމްތަކުގައި 150 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިފައި : ފުލުހުން
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ރަޝީދު ވިދާޅުވީ، ސްކޭމްތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށައެޅޭ އިރު، އެކި އެކި ގޮތްގޮތުން ސްކޭމްތަކުން މީހުންގެ އަތުން ގެއްލުނު ފައިސާގެ ޖުމުލަ އަދަދު 150 މިލިޔަނަށް އަރާކަމަށެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްކޭމްތަކުގެ ތެރެއިން ރައްޔިތުންގެ އަތުން ގެއްލިފައި ވާއިރު އޭގެ ތެރެއިން އަނބުރާ ހޯދުނީ މިލިޔަނެއްހައި ރުފިޔާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
01 Feb 2024
ޚަބަރު
ޕީޖީ ހުސައިން ޝަމީމަށް ޙަމަލާދިން މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، އެމައްސަލައިގައި ބަޔަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މައްސަލައިގެ ތަޙްޤީޤުގެ ވަރަށް ކުރީކޮޅު ކަމުން އޭގެ ތަފްސީލްތައް ހާމަކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ ހަމަލާ އާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
01 Feb 2024
ޚަބަރު
ވިޝާމްގެ ވަކިވެ ދިޔުމަކީ ޤާނޫނީ ދާއިރާއަށް ލިބުނު ހުސްކަމެއް: ރައީސް ޞާލިޙް
އެމަނިކުފާނު މިހެން ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް އިސްމާޢީޅް ވިޝާމް އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓްގައެވެ.
01 Feb 2024
ޚަބަރު
ހުޅުމާލެ ފޭސް 1ގެ ބައެއް ފްލެޓްތަކަށް ދައްކަންޖެހޭ ކުލި ކުޑައެއް ނުވޭ!
އެޗްޑީސީން އިއްޔެ އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ފޭސް 1 ގެ ފްލެޓްތަކަށް، މި ފެށުނު ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުންފެށިގެން، މެއިންޓަނަންސްފީ ނުހިމަނައި، ކުލީގެ %20 އިންސައްތަ ކުޑަކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ހޮޓްލައިން 1516އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުމަށްވެސް އެޗްޑީސީން ވަނީ އެދިފައެވެ.
01 Feb 2024
ޚަބަރު
ހޯއްގޮވާ ކެއްސުން ޖެހިފައިވާ އިތުރު ދެމީހުން ވިލިގިނލިން ފެނިއްޖެ
އެޗްޕީއޭއިން ވިދާޅުވީ، ވިލިގިނލިން މިހާތަނަށް 5 މީހުން ޕޮޒިޓިވްވެފައި ވާއިރު، އެމީހުންނާއި އެއްތާވީ މީހުންގެ އަދަދު 177އަށް އަރާ ކަމަށެވެ. އަދި އޭގެ ތެރެއިން 25 މީހެއްގެ ކިބައިގައި ބަލީގެ ޢަލާމާތްތައް ފެންނަން ހުރިކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
01 Feb 2024
ޚަބަރު
މަޖިލިސް އިންތިޚާބުގެ ރީރެޖިސްޓްރޭޝަނަށް ހުޅުވާލައިފި
އެކޮމިޝަނުން ވިދާޅުވީ، ރީރެޖިސްޓްރީކުރުމަށް ހުށައަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށާއި، މިއަދުން ފެށިގެން މިފެބުރިއަރީ މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ރީރެޖިސްޓްރީވާން ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
01 Feb 2024
ޚަބަރު
ވީއައިއޭގެ އައު ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގައި އެއިރޯ ބްރިޖެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.
01 Feb 2024
ޚަބަރު
ފައިސާއަށް ހިޔާނާތްތެރިވުމުން ބައްސާމުގެ މައްޗަށް ދައުވާކޮށްފި
ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޖަމާކުރި 10،000 ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާ ގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ދައުވާ ކޮށްފިއެވެ.
01 Feb 2024
ޚަބަރު
ޒުވާން ޚަޠީބުން ޕްރޮގްރާމުގައި ބައިވެރިވި ކުދިންނަށް އިންޓަވިއު ކުރަންފަށައިފި
ޒުވާން ޚަޠީބުން ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ކުދިންނާއި އިންޓަވިއުކޮށް، ސްކްރީންކުރުމުގެ މަސައްކަތް ފަށައިފިއެވެ.
01 Feb 2024
ޚަބަރު
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް ބޮޑުކުރުމަށް ދަފްތަރެއް އެކުލަވާލަނީ
ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުން ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ޑޮލަރު ނެގޭ މިންވަރު އިތުރުކުރުމަށްޓަކައި ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޑޮލަރުގެ މަައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.
01 Feb 2024
ޚަބަރު
ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން ވިޝާމްގެ އާއިލާ އަށާއި ބާ ކައުންސިލްގެ މެމްބަރުންނަށް ތަޢުޒިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައެވެ.