Advertisement

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: އެޗްޕީއޭ

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ހޯއްގޮވާ ކެއްސުން ޖެހިފައިވާ އިތުރު ދެމީހުން ވިލިގިނލިން ފެނިއްޖެ

ގއ. ވިލިގިނލިން އިތުރު ދެމީހަކަށް ހޯއްގޮވާ ކެއްސުން ޖެހި އެބަލި ޖެހުނު މީހުންގެ އަދަދު 5އަށް މަތިިިވެއްޖެއެވެ.

ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްްޔެއް ކަމުގައިވާ،  ޕަރޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުން ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ވިލިގިނލިން ފެނިފައި ވަނީ މިހުސްވި ޖެނުއަރީމަހުގެ 23 ވަނަ ދުވަހުގައެވެ. އެދުވަހުން ފެށިގެން އެޗްޕީއޭއިން ގެންދަނީ ގއ. އަތޮޅު ހޮސްޕިޓަލާއި ގުޅިގެން އެބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް. ޓާސްކްފޯހެއް އެކުލަވާލައިގެން މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ބައްޔަ މީހުން ޓެސްޓް ކުރުމާއި، އެއްތާވީ މީހުން ހޯދުމާއި، ވެކްސިން ދިނުމާއި ބައްޔަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ހިމެނެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ވިލިގިނލިން މިހާތަނަށް 5 މީހުން ޕޮޒިޓިވްވެފައި ވާއިރު، އެމީހުންނާއި އެއްތާވީ މީހުންގެ އަދަދު 177އަށް އަރާ ކަމަށެވެ. އަދި އޭގެ ތެރެއިން 25 މީހެއްގެ ކިބައިގައި ބަލީގެ ޢަލާމާތްތައް ފެންނަން ހުރިކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވެފައިވާ 5 މީހުންގެ ތެރެއިން 2 މީހުންނަކީ، ބަލީގެ ނުރައްކާ ބޮޑު ދެމީހުންކަމަށެވެ. 

ގއ. ވިލިގިނލީގައި ބަލިކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް، ބަލީގެ އަލާމަތްތައް ހުރެގެން 46 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށާއި، 27 މީހަކަށް ޕްރޮފައިލެކްސިސް ދެވިފައިވާ ކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ޕަރޓޫސިސް އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް:

- މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް/އޮފީހަށް/މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން.

- އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.

- 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަރޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުން

- އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުން ކުރުން.

ހޯއްގޮވާ ކެއްސުމަކީ، ޖަރާސީމެއްގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. އާއްމު ގޮތެއްގައި މިބަލި ޖެހެނީ ކުޑަކުދިންނަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.