މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ މަޤާމުތަކަށް ރައީސް ޢައްޔަނު ކުރައްވައިފި
މިއަދު މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަކީ، ބަންޑާރަ ނައިބު އަޙްމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ހައުސިން މިނިސްޓަރ ޑރ ޢަލީ ހައިދަރެވެ. މިތިން ބޭފުޅުން އަލުން ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމާއި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބަންޑާރަ ނައިބުގެ މަޤާމަށް އުޝާމް އަލުން ޢައްޔަނުކުރެއްވުމަށް ފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށްވެސް އުޝާމް ޢައްޔަނު ކުރައްވައި މަޤާމްގެ ފަތްކޮޅު ވަނީ ދެއްވާފައެވެ.