Advertisement

ޕެނަޑޯލް ފޮއްޓެއް --

30 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެންމެ އާއްމު ބޭސް، ޕެނަޑޯލް ބޭނުންކުރުން މަނާކޮށްފި

ދިވެހިންގެ މެދުގައި، އެންމެ އާއްމު ބޭސް ޕެނަޑޯލް ބޭނުން ކުރުން ރާއްޖޭގައި ވަގުތީ ގޮތުން މަނާކޮށްފިއެވެ.

އެބޭސް ބޭނުން ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކުރީ، އެބޭހުގެ ފެންވަރާއި ރައްކާތެރިކަމާއި މެދު ސުވާލުތައް އުފެދިގެންނެވެ. ޕެނަޑޯލް ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށް، އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނީ، މާކެޓުން ނަގައި ޓެސްޓްުކުރި ބައެއް ބޭސްގުޅަތަކުން މައްސަލަތައް ފެނިފައިވާ ކަމަށެވެ. މިގޮތުން ބޭސްގުޅަތަކުން ތަންތަން ކޮޅު ނެއްޓިފައި ހުރުމާއި ފުނޑުފުނޑުވެފައި ހުރުން ފާހަގަކުރެވޭ ކަމަށާއި، އާއްމު ގޮތެއްގައި އެގޮތަށް ދިމާވަނީ ބޭސް އުފެއްދުމާއި ރައްކާކޮށް ބެލެހެއްޓުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލު ނުކުރުމުން ކަމަށެވެ.

އެމްއެފްޑީއޭއިން ވަނީ، އެބޭހާއި މެދު ވަކި ގޮތެއް އަންގަންދެން. އާއްމު ފިހާރަތަކާއި ބޭސް ފިހާރަތަކުގައި މިހާރު ހުރި ޕެނަޑޯލް ނަގައި، އެ ބޭހުގެ ސްޓޮކް ބޭސް ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނި ހޫނު މިނުގައި އެތަކެތި ބެހެއްޓުމަށް އެދިފައެވެ. މަނާކުރި ޕެނަޑޯލް އަކީ، ސްރީލަންކާގައި އުފައްދާ ބޭހެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.