ޚަބަރު
24 Jan 2024
ޚަބަރު
ރޯދަމަހު ބާއްވާ މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުން 9ން އިން 5އަށް ބޭއްވުމަށް ލަފާދީފި
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ، މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ. އެހެންވެ މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ 7 ވަނަ ދުވަހާއެވެ.
24 Jan 2024
ޚަބަރު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ތިން ފެކަލްޓީއަކަށް ޑީން އިން ހަމަޖައްސައިފި
މިގޮތުން، ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް، ހަޖައްސަވާފައި ވަނީ، ނާދިޔާ އަޙްމަދުއެވެ. ފެކަލްޓީ އޮފް ހޮސްޕިޓަލްޓީ އެންޑް ޓުއަރިޒަމް ސްޓަރޑީޒްގެ ޑީންގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ، ޒީނަތު ސޯލިޙް އެވެ. އަދި ސްކޫލް އޮފް މެޑިސިންގގެ ޑީންގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ، ޑރ. ޝީޒާ ޢަލީ އެވެ.
23 Jan 2024
ޚަބަރު
ގއ. އަތޮޅުން ތިން ކުޑަކުއްޖަކަށް ހޯއްގޮވާ ކެއްސުން ޖެހިއްޖެ
މިގޮތުން އައިޖީއެމްއެޗާއި ގއ.އަތޮޅު ހޮސްޕިޓަލް ގުޅިގެން ޚާއްޞަ ޓާސްކް ފޯހެއް އެކުލަވާލައިގެން މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. މިގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި، މިގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް އެންޓިބަޔޮޓިކް ދިނުމާއި، ބަލީގެ އަލާމާތްތައް ހުރި މީހުން ބައްޔަށް ޓެސްޓްކުރުމާއި، ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންނަށް ބޭސްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
23 Jan 2024
ޚަބަރު
މިދިޔައަހަރު ފެމިލީ ކޯޓުގައި 2425 ކައިވެނި ކުރިއިރު 1281 ކައިވެނި ރޫޅުނު
ރާއްޖެއަކީ ވަރީގެ ނިސްބަތް ދުނިޔޭގައިވެސް އެންމެ މަތި އެއްޤައުމަށް ވާއިރު، 2023 ވަނަ އަހަރު ކުރެވުނު ކައިވެނިތަކުގެ ނިސްބަތުން ބަލާއިރު، އެއަހަރު ވަނީ %50 ކައިވެނި ރޫޅިފައެވެ.
23 Jan 2024
ޚަބަރު
ފުރިހަމަ މާނައިގައި ކައުންސިލްތައް ބާރުވެރިކޮށްދޭނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުރިހަމަ މާނައިގައި ސަރުކާރުން ކައުންސިލްތައް، ބާރުވެރިކޮށް ދެއްވާނެކަމަށާއި، މިސަރުކާރުގެ މިދިޔަ ދެމަހެއްހާ ދުވަހުވެސް މަސައްކަތްކުރީ އެ މަގުންކަމަށެވެ. މިގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ، ސަރުކާރުން އެންމެ އިސްކަންދޭނެ އެއްކަންތައް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
23 Jan 2024
ޚަބަރު
ދިހަ އަހަރު ފަހުން، ހުޅުމާލޭ ވަގުތީ މިސްކިތުގެ ބަދަލުގައި ދާއިމީ މިސްކިތެއް އަޅަނީ
އެޗްޑީސީން ވިދާޅުވީ، ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތުގެ ބަދަލުގައި އެބިމުގައި ދާއިމީ މިސްކިތެއް އެޅުމުގެ މަސައްކަތާއި ހަވާލުވެފައި ވަނީ، އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެމިސްކިތް އަޅާނީ، އެކުންފުނިން އަޅާ ސްކޫލު މަޝްރޫޢުގެ ތެރެއިން ސްކޫލާއި ގުޅިގެންދާ ގޮތަށެވެ.
23 Jan 2024
ޚަބަރު
ޑިންގީއެއް ބަންޑުންވެ ކަނޑުވި ދެމީހަކު ސަލާމަތްކޮށްފި
އެމްއެންޑިއެފުން ވިދާޅުވީ މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ، މިރޭގެ، 22:23 ހާއިރުކަމަށެވެ. އަދި އެވަގުތުން ފެށިގެން، ، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން އެމީހުންނާއި ޑިންގީ ހޯދުމުގެ މަސައްކަތް ފެށިކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
22 Jan 2024
ޚަބަރު
އަތޮޅުތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވައިފި
މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެމެބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނާއި އެކުވެސް ބައްދަލުވުންތައް ބާއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
22 Jan 2024
ޚަބަރު
ލޯތްބާއި އޯގާތެރި ކަމުގެ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް އައު މޭޔަރު އެދިވަޑައިގެންފި
އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށާއި، ސިޓީ ކައުންސިލަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ޔަޤީން ކުރައްވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ތަރުތީބުވެ ހިނގަމުންދަނީ، މަރުކަޒީ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހިންގޭނެ ނިޒާމެއްގެ ގޮތުގައި ކަންވެސް އާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
22 Jan 2024
ޚަބަރު
އާދަމް އާޒިމް މާލޭ ސިޓީގެ މޭޔަރު ކަމުގެ ހުވާކުރައްވައި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންފި
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރަށާއި ކައުންސިލް މެމްބަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
22 Jan 2024
ޚަބަރު
ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފޭރާން ހެޔޮނޫން ސިޔާސަތަކުން ހައްލުވާން ނެތް މައްސަލަ، ފޭރާން ހެޔޮ ސިޔާސަތަކުން، މާލޭގެ ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ރަސްމާލެ އާއި މާލެ ގުޅުވާލުމަށްޓަކައި ފަންނީ، އީޖާދީ މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ
22 Jan 2024
ޚަބަރު
މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 44 މިލިއަން ރުފިޔާ ދޭން ނިންމައިފި
ސިޔާސީ ޕާޓީތައް ހިންގުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 44 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. މިއީ ޖުމްލަ 6 ސިޔާސީ ޕާޓީއަކަށް ދޭ ފައިސާގެ އަދަދެވެ.
22 Jan 2024
ޚަބަރު
ކެނޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
ރައްޔިތުންގެ މަޖިލިސް އިންތީޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.
22 Jan 2024
ޚަބަރު
ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަަމަށެވެ. އަދި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
22 Jan 2024
ޚަބަރު
މަޖިލިސް އިންތިހާބުގެ ވޯޓާރސް ލިސްޓަށް 746 ޝަކުވާ ހުށައަޅައިފި
މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އަދި ޝަކުވާ ހުށައެޅުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ.
22 Jan 2024
ޚަބަރު
ބައެއް ފަރާތްތަކަށް މިހާރު އިމިގްރޭޝަނަށް ގޮސް ޕާސްޕޯޓަށް އެދެވޭނެ
މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ މަގު ފަހިކޮށްދީފިއެވެ.