Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު --

23 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފުރިހަމަ މާނައިގައި ކައުންސިލްތައް ބާރުވެރިކޮށްދޭނަން: ރައީސް

ފުރިހަމަ މާނައިގައި ސަރުކާރުން ކައުންސިލްތައް، ބާރުވެރިކޮށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުރިހަމަ މާނައިގައި ސަރުކާރުން ކައުންސިލްތައް، ބާރުވެރިކޮށް ދެއްވާނެކަމަށާއި، މިސަރުކާރުގެ މިދިޔަ ދެމަހެއްހާ ދުވަހުވެސް މަސައްކަތްކުރީ އެ މަގުންކަމަށެވެ. މިގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަކީ، ސަރުކާރުން އެންމެ އިސްކަންދޭނެ އެއްކަންތައް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލައިލިއިރުގައި، މާލޭގައި ހުރޭ އަތޮޅުފިހާރަތަކެއް. އެހެން ނަމަވެސް، އެ އަތޮޅުފިހާރަތަކަށް ލިބެމުންދިޔަ ފައިސާ އަތޮޅުތަކާ ހަވާލުކޮށްފައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެން ނިންމާފައި މިހާރު ވާނީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، އެ އަތޮޅުފިހާރަތަކުން ލިބޭ ފައިސާ، އެ އަތޮޅުތަކާ އަޅުގަނޑުމެން ހަވާލުކުރާގޮތަށް."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ފިހާރަތަކުގެ ފައިސާ އަތޮޅުކައުންސިލްތަކަށް ލިބެން ފެށުންމުން ރަށު ކައުންސިލްތައް މެދުވެރިކޮށް މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. އަދި މިހާރުވެސް މިހާރުވެސް އަތޮޅު ކައުންސިލްތަކަށް ހަވާލުކުރަން ޖެހިފައި ހުރި، އެހެން ނަމަވެސް، ހަވާލުނުކޮށް ހުރި ފައިސާ އެބަހުރި ކަމަށާއި، ދެ ފުށް ފެންނަ ނިޒާމުގެ ތެރެއިން، އެ އަތޮޅަކަށް ނިސްބަތްވާ، ފައިސާގެ އަދަދުން އެ އަތޮޅަކަށް އެ ރޭޝިއޯއިން ހަވާލުކުރަމުންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި މާލޭ ހުރި އަތޮޅު ފިހާރަތަކުގެ ފައިސާ އަތޮޅު ކައުންސިލްތަކަށް ދިނުމުގެ މަސައްކަތް ފުރަތަމަ ފެށީ އެމްޑީޕީ ސަރުކާރުގައެވެ. މާލޭގައި ކޮންމެ އަތޮޅަކަށް ނިސްބަތްވާގޮތަށް އަތޮޅު ފިހާރަތަކެއް އެޅުއްވީ، މާލެއިން ވޯރާ ވިޔަފާރިވެރިން ފޮނުއްވާލެއްވުމަށްފަހުގައި، ކުރީގެ ރައީސް އިބްރާހީމް ނާޞިރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.