Advertisement

24 Jan 2024
ޚަބަރު

ހޯއްގޮވާ ކެއްސުމަށް ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަސް އިލްތިމާސްކޮށްފި

ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނިފައިވާތީ ވީހާވެސް އަވަހަށް އެ ބައްޔަށް ދޭ ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރައްވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ހޯއްގޮވާ ކެއްސުމުން ރައްކާތެރިކުރުމަށް ރާއްޖޭގައި ޤަވާއިދުން ވެކްސިން ދެމުންދާތީ މިއީ ކޮންޓްރޯލްކުރެވިފައިވާ ބައްޔެއްކަމަށް ރާއްޖެއިން ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް ބަލީގެ ކޭސްތައް ރާއްޖޭގައި މަދުންނަމަވެސް ފެންނަމުންދާކަމަށާއި، އެގޮތުން މިމަހު ގއ.ވިލިނގިލިން 3 ކުޑަކުދިން މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އެކަމާއި ގުޅިގެން އައިޖީއެމްއެޗްއާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ބަލި ޖެހިފައިވާ އިތުރު ބަޔަކު ތިބިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންގޮސްފައިވާކަމަށާއި، އަދި އެކަމުގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި ކުދިންތަކެއް ފާހަގަވެފައިވާކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ ބަލީގެ އަލާމަތް ހުރި ކުދިން ޓެސްޓްކޮށް ބޭސްދީފައިވާކަމަށާއި އަދި ގއ. އަތޮޅު ހޮސްޕިޓަލުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އިތުރުން، ބަލި ޖެހުނު ކުދިންނާ ގާތުގައި އުޅުނު އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް 6 މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާކަމަށެވެ.

މި ބަލީގެ ނުރައްކާ ބޮޑީ ކުޑަކުދިންނަށްކަމުން، 7 އަހަރު ނުވާ ކުދިން ބަލިން ރައްޖާތެރިވުމަށް ދޭ ވެކްސިން ވީހާވެސް އަވަހަށް ފުރިހަމަކުރަން އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުން ވެކްސިން ޖެހެން ހުންނާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.މީގެ އިތުރުން ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން ކެއްސުން ދިގުލައިގެން ދާނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ ވީހާވެސް އަވަހަށް ސިއްޙީ ޚިދުމަތްތެރިންގެ އެހީހޯދުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.