ޚަބަރު
18 Jan 2024
ޚަބަރު
"ހިޔަލަ ވީކެންޑް މާކެޓު" މާދަމާރޭ ހުޅުވަނީ
ހުޅުމާލޭގައި ތަރައްޤީ ކުރާ "ހިޔަލަ ވީކެންޑް މާކެޓު"ގައި ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ބީސީސީން ބުނީ، ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4 އިން ރޭގަނޑު 11 އަށް ހުޅުވާފައި ހުންނަ މި މާކެޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އެކަމަށް ޓަކައި ފޯމު ހުށަހެޅުމާއެކު ދަފްތަރު ކުރެވިގެންދާނެއެވެ. ކޮންމެ ހަފްތާއެއްގައި ވެސް މި ކިއޮސްކްތަކަށް ވިޔަފާރިތައް ހޮވާނީ ދަފްތަރު ކުރެވިފައިވާ ތަރުތީބުންނެވެ.
18 Jan 2024
ޚަބަރު
ހުސްވި އަހަރު ކުރިމިނަލް ކޯޓަށް ހުށެއެޅުނު މައްސަލަތައް އިތުރުވި އިރު ނިންމުނު މައްސަލަތައް ވަރަށް ބޮޑަށް ދަށްވެއްޖެ
ކްރިމިނަލްކޯޓުން ވިދާޅުވީ، އެކޯޓަށް ހުށައެޅުނު މައްސަލަތައް 2022 ވަނަ އަހަރަށް ވުރެ 2023 ވަނަ އަހަރު އިތުރުވި ނަމަވެސް، ތާވަލު ކުރެވުނު މައްސަލަތަކާއި ނިންމުނު މައްސަލަތައް ވަރަށް ބޮޑަށް ދަށަށް ދިޔައީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން، ކޯޓުގެ އެއްބައި ހިންގަމުން އައި އިމާރާތް ބޭނުން ނުކުރުމަށް އެންގުމާއި ގުޅިގެން ކަމަށެވެ. އެކަމާއި ގުޅިގެން ކޯޓުގެ ޝެޑިއުލްތަކަށް ބުރޫއަރައި، ކޯޓުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ދަތިތަކެއް ދިމާވި ކަމުގައި އެކޯޓުން ބުންޏެވެ.
18 Jan 2024
ޚަބަރު
އިންޑިއާއަކީ ރާއްޖޭގެ ރަހުމަތްތެރިއެއް، އިހްތިރާމް ކުރަންވާނެ: ނަޝީދު
އިންޑިއާއަކީ ރާއްޖޭގެ ރަހުމަތްތެރިއެއް ކަމަށާއި އަބަދުވެސް އެ ގައުމަށް އިހުތިރާމް ކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
18 Jan 2024
ޚަބަރު
ދުރާލާ ޓިކެޓް ނެގުމުން މަޑިވަރަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާ ޕްރޮމޯޝަނެއް!
ދުރާލާ ޓިކެޓް ނަގައިގެން މޯލްޑިވިއަން އިން ޅ. އަތޮޅު މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
18 Jan 2024
ޚަބަރު
ފަހި ފަތުރުވެރިކަމަށް އަންހެނުންގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ޚާއްޞަ ޕްރޮގްރާމެއް ފަށައިފި
ޓޫރިޒަމް މިނިސްޓްރީން ބުނީ، އެކަމަކީ ހަފްތާ 14ގެ ތެރެއިން އެމިނިސްޓްރީން ކުރުމަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ. މިގޮތުން މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސަޢީދެވެ.
18 Jan 2024
ޚަބަރު
ރޯދަމަހަށް ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަނީ
ހުކުރު މިސްކިތުގެ މުންނާރަކީ ދިވެހި އާސާރީ ތަރިކައިގެ ވަރަށް މުހިންމު ބިނާއެއްކަމަށާއި އެ ބިނާ ރައްކާތެރިކޮށް ބެހެއްޓުމަށް އަބަދުވެސް ސަމާލުކަންދެމުން އަންނަ ކަމަށެވެ. މިފަހަކަށް އައިސް ހުކުރު މިސްކިތާއި މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަނީ ސްޓެލްކޯއާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ސްޓެލްކޯއިން ކުރަނީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.
18 Jan 2024
ޚަބަރު
އަންހެނުން ސިޔާސީ މައިދާނަށް ނެރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
މި މަސައްކަތުބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، ވިމަން އިން ޓެކް އަދި ހޯޕް ފޮރ ވިމަން އިން ބައިވެރިވެ، މުހިންމު މަޢުލޫމާތު ސެޝަންތަކެއް ނަގައިދީފައިވާކަމުގައި އެވުޒާރާއިން ވަނީ ބުނެފައެވެ.
18 Jan 2024
ޚަބަރު
މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން 21 ޖެނުއަރީގެ ކުރިން އައިޑިކާޑު ހައްދަން ހުށައަޅަން އެދިއްޖެ
އެއިދާރާއިން ބުނީ، އައިޑީކާޑުގެ މައުލޫމާތު ބަދަލުވެގެން ކާޑު އައުކުރަން ހުށައަޅާ ފަރާތްތަކުން 2024 ޖެނުއަރީ 21 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15:00 ކުރިން ފޯމު ހުށައެޅުމަށް އެދޭކަމަށެވެ. އަދި އެ ސުންގަޑި ހަމަވުމަށްފަހުގައި، ކާޑު މައުލޫމާތު ބަދަލުވެގެން އަލުން ކާޑު ހައްދަން ހުށައަޅާ ފަރާތްތަކަށް އައިޑީ ކާޑު ހަދައި ދެވޭނީ، އެފަރާތަކަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ނުލެވުނު ނަމަވެސް އެކަމަށް އިޢުތިރާޟު ނުކުރާކަމަށް ވާނަމަ ކަމުގައިވެސް ޑީއެންއާރުން ވަނީ ބުނެފައެވެ.
18 Jan 2024
ޚަބަރު
މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުވެފައި އޮތް މީހެްގެ ހަށިގަނޑު ކަނޑުމަތިން އޮުޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ގެ ހެނދުނު، 9:11 ހާއިރުގައި ކަމަށެވެ.
18 Jan 2024
ޚަބަރު
ރާއްޖޭގައި މަރުކަޒީ އެއް ޖަލު ހެދުމަށް ދިރާސާތައް ކުރަނީ
އިހްސާން ވިދާޅުވީ އެގޮތަށް ބަދަލުވެގެންދާއިރު، ޖަލު ތެރޭގައި ސަރަހައްދުތައް ވަކިކުރެވި އެސަރަހައްދެއްގެ ސެކިއުރިޓީ އެސަރަހައްދަކާއި އެކަށޭނަ ގޮތުން ކަނޑައަޅައި ބެލެހެއްޓިގެންދާނެ ކަމަށެވެ. އަދި އެސަރަހައްދެއްގެ ތެރޭގައި އަންހެން ޤައިދީންނާއި ފިރިހެން ޤައިދީންވެސް ވަކިކުރެވޭނެ ކަމުގައި އިޙްސާން ވިދާޅުވިއެވެ. އަދި އެކިބާވަތްތަކުގެ ކުށްކޮށްގެން ޖަލަށް ލެވިފައި ތިބި މީހުން ކުށުގެ ބާވަތަށް ބަލައި ވަކިކުރެވޭނެ ކަމުގައިވެސް އިޙްސާން ވިދާޅުވިއެވެ.
18 Jan 2024
ޚަބަރު
ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުމަކީ ޙަރާމްކަމެއް: ފަތުވާ މަޖިލިސް
މިއަހަރު އެމަޖިލީހުން ނެރުނު ދެވަނަ ފަތުވާ ޚާއްޞަކޮށްފައި އޮތީ، ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުމާއި ގުޅޭ ގޮތުންނެވެ. ފިޤްހު އެކަޑަމީގެ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާގައި ވަނީ، ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުން ހަރާމްވާ މައިގަނޑު 5 ސަބަބެއް ފާހަގަކޮށްފައެވެ.
18 Jan 2024
ޚަބަރު
ނަން ބަދަލުކުރީ ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށްކަމުގައި އެޗްޑީސީން ބުނެފި
އެޗްޑީސީން ބުނީ، މި ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާކަމަށާއި، ޤާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީގެ ނަން ކަމަށެވެ.
18 Jan 2024
ޚަބަރު
ރިޔާސީ ބަޔާން އިއްވާ ދުވަސް ރަސްމީ ބަންދު ދުވަހެއް ނޫންކަމުކަމުގައި ރައީސް ހަމަޖައްސަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިއުލާނުކުރައްވާފައި ވަނީ މިއަދު އެއޮފީހުން ނެރުއްވި، ދެންނެވުމުގައެވެ. މިބަދަލާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވި ދެންނެވުން ނަންބަރު 4/2019 ބާޠިލުކުރައްވާފައިކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
18 Jan 2024
ޚަބަރު
އެޗްޑީސީގެ ބްރޭންޑް ނޭމް "އާބަންކޯ"ގެ ނަން ބޭނުން ކުރުން ރަސްމީގޮތުން ހުއްޓާލައިފި
"އާބަންކޯ"ގެ ނަން ބޭނުންކުރުން ހުއްޓާލައި އަލުން އެޗްޑީސީގެ ނަމަށް ނަންބޯޑުތައް ބަދަލުކުރުން ފާހަގަކުރުމަށް މިއަދު ހެނދުނު ވަނީ، އެޗްޑީސީގެ އާއިމާރާތް ކުރިމަތީގައި ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެެވެ. މިގޮތުން ކުންފުނީގެ ހެޑްއޮފީހުގެ ނަންބޯޑާއި ދިދަވެސް އަދި ކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގެ ޑިސްޕްލޭ ނަންތައްވެސް މިއަދު ވަނީ ބަދަލުކޮށްފައެވެ.
18 Jan 2024
ޚަބަރު
ސީރިޔާ ހަނގުރާމައަށް ބައެއް އާއިލާތައް ގެންގޮސްފައި ވަނީ އޮޅުވާލައިގެން: ހޯމް މިނިސްޓަރ
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވީ، ބައެއް އާއިލާތައް ސީރިއާ ހަނގުރާމައަށް ގެންދިޔުމުގައި އިސްކޮށް ހުރީ އާއިލާގެ އިސްމީހެއްގެ ބާރާއި ނުފޫޒުގައި ކަމަށެވެ. މިގޮތުން ސީރިއާ ހަނގުރާމައަށް ދިޔަ ބައެއް މީހުން، އެމީހުންގެ އަނބިދަރީން ސީރިއާއަށް ގެންގޮސްފައި ވަނީ، އަނބިދަރީންނަށް އޮޅުވާލައި ދަތުރުކުރާ ތަނެއް ނާންގައި ކަމަށެވެ. އެހެންވެ އާއިލާތައް ސީރިއާއަށް ދިޔުމަށްފަހު ހާލުގައި ޖެހުނު އިރު، ކުޑަކުދިންނާއި އަންހެނުން ހަނގުރާމައިގެ ސަރަހައްދަށް ގެންގޮސްފައި ވަނީ އެފަރާތްތަކަށް އެނގިގެން ނޫކަންވެސް ފާހަގަކުރެވިފައިވާ ކަމުގައި އިހްސާން ވިދާޅުވިއެވެ.
18 Jan 2024
ޚަބަރު
ނައިބު ރައީސް ޔުގެންޑާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.