Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރިޔާސީ ބަޔާން އިއްވާ ދުވަސް ރަސްމީ ބަންދު ދުވަހެއް ނޫންކަމުކަމުގައި ރައީސް ހަމަޖައްސަވައިފި

ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް އައު ދައުރަށް ހުޅުވާދުވަހު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރިޔާސީ ބަޔާން ހުށައަަޅުއްވަން ޖެހޭއިރު، އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައި އޮތް އޮތުން، ބަދަލު ކުރައްވައި، މިއަހަރުން ފެށިގެން އެދުވަހަކީ ރަސްމީ ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހުގެ ގޮތުގައި މަޖިލީހުން އިއުލާނު ކުރައްވާފައި ވަނީ 5 ފެބުރުއަރީ 2024 އެވެ. އެދުވަސް ދިމާވަނީ ހަފްތާއިން ހޯމަ ދުވަހަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިއުލާނުކުރައްވާފައި ވަނީ މިއަދު އެއޮފީހުން ނެރުއްވި، ދެންނެވުމުގައެވެ. މިބަދަލާއިއެކު  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވި ދެންނެވުން ނަންބަރު 4/2019 ބާޠިލުކުރައްވާފައިކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ބަޔާން ހުށައަޅުއްވާ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ޒަމާނުން ސުރެ ހިނގަމުން އައި އާދަ ބަދަލު ކުރެއްވީ، ރައީސް ޔާމީނުގެ ވެރިކަމުގައެވެ. އޭގެ ފަހުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވުމަށްފަހުގައި، އަލުން އެދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސެވީ، 21 ޖެނުއަރީ 2019 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.