Advertisement

ފަތުވާ މަޖިލިސް އިފްތިތާޙް ކުރުމަށް 2019 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފައިލް ފޮޓޯ

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުމަކީ ޙަރާމްކަމެއް: ފަތުވާ މަޖިލިސް

ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުމަކީ ޙަރާމްކަމެއް ކަމުގައި ބުނެ ދިވެހިރާއްޖޭގެ އިސްލާމީ ފިޤުޙް އެކަޑަމީގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާއެއް ނެރެފިއެވެ.

މިއަހަރު އެމަޖިލީހުން ނެރުނު ދެވަނަ ފަތުވާ ޚާއްޞަކޮށްފައި އޮތީ، ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުމާއި ގުޅޭ ގޮތުންނެވެ. ފިޤްހު އެކަޑަމީގެ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާގައި ވަނީ، ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުން ހަރާމްވާ މައިގަނޑު 5 ސަބަބެއް ފާހަގަކޮށްފައެވެ.

މީގެ ތެރޭގައި، ސޫރިޔާ ފަދަ ޤައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކަކީ، އިސްލާމީ އުއްމަތަށް ދިމާވެފަިއވާ ފިތުނައެއްގެ ގޮތުގައި ފަތުވާ މަޖިލީހުން ވަނީ ބުނެފައެވެ. އަދި ޖިހާދަށް ދެވޭނީ، ވަލިއްޔުލްޢަމުރާއި، އެމީހެއްގެ މައިންބަފައިން ދިރި ދުނިޔޭގައި ތިބިނަމަ އެމީހުންގެ ހުއްދަ ލިބިގެން ކަމުގައިވެސް ބުނެފައިވެއެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާ --

ރާއްޖެއިން ސޫރިޔާ އަށާއި އަފްޣާނިސްތާނަށް ގިނަ އަދަދެއްގެ ބަޔަކު ޖިހާދުގެ ނަމުގައި ހަނގުރާމައަށް ގޮސް އޭގެ ތެރެއިން އެތައް ބަޔަކު ވަނީ މަރުވެފައެވެ. އަދި އެމީހުން ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ގެންދިޔަ އެމީހުންގެ އަނބިދަރީން ހާލުގައި ޖެހިފައިވާތީ، ސަރުކާރުން ދަނީ އެމީހުން ހޯދައި އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.