Advertisement

މިިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން --

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސީރިޔާ ހަނގުރާމައަށް ބައެއް އާއިލާތައް ގެންގޮސްފައި ވަނީ އޮޅުވާލައިގެން: ހޯމް މިނިސްޓަރ

ރާއްޖެއިން ސީރިއާ ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ގެންގޮސްފައި ވަނީ އެއާއިލާތަކުގެ ބައެއް މެމްބަރުންނަށް އޮޅުވާލައިގެން ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވީ، ބައެއް އާއިލާތައް ސީރިއާ ހަނގުރާމައަށް ގެންދިޔުމުގައި އިސްކޮށް ހުރީ އާއިލާގެ އިސްމީހެއްގެ ބާރާއި ނުފޫޒުގައި ކަމަށެވެ. މިގޮތުން ސީރިއާ ހަނގުރާމައަށް ދިޔަ ބައެއް މީހުން، އެމީހުންގެ އަނބިދަރީން ސީރިއާއަށް ގެންގޮސްފައި ވަނީ، އަނބިދަރީންނަށް އޮޅުވާލައި ދަތުރުކުރާ ތަނެއް ނާންގައި ކަމަށެވެ. އެހެންވެ އާއިލާތައް ސީރިއާއަށް ދިޔުމަށްފަހު ހާލުގައި ޖެހުނު އިރު، ކުޑަކުދިންނާއި އަންހެނުން ހަނގުރާމައިގެ ސަރަހައްދަށް ގެންގޮސްފައި ވަނީ އެފަރާތްތަކަށް އެނގިގެން ނޫކަންވެސް ފާހަގަކުރެވިފައިވާ ކަމުގައި އިހްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ، ހޯމަ ދުވަހު ރާއްޖެ ގެނައި އާއިލާތައް، ރިހެބިލިޓޭޓް ކުރެވޭނެ ކަމަށާއި މިހާރު އެއާއިލާތައް ތިބީ ހިއްމަފުށީގައި ކަމަށެވެ. އަދި އެއާއިލާތައް 24 ގަޑިއިރު މޮނީޓަރކޮށް ބެލެހެއްޓޭނެ ކަމުގައިވެސް އިހްސާން ވިދާޅުވިއެވެ.

ރާއްޖެއިން ސީރިއާއަށް އާއިލާތައް ގޮސްފައި ވަނީ އަވަށްޓެރި ޤައުމުތަކަށް ދަތުރު ކުރުމަށް ފަހުގައި ކަމަށާއި، އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ އާއިލާއެއްވެސް ސީރިއާއަށް ގޮސްފައިވާކަން އިޙްސާން ފާހަގަކުރިއެވެ.

ރާއްޖެއިން ސީރިއާއަށް ދިޔަ އާއިލާތަކުގެ ތެރެއިން ބައެއް މީހުން އަނބުރާ ގެނެސްފައި ވާއިރު އަދިވެސް ބޭރުގެ ޤައުމުތަކުގައި 100 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމުގައިވެސް އިޙްސާން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.