Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

18 Jan 2024
ޚަބަރު

ދުރާލާ ޓިކެޓް ނެގުމުން މަޑިވަރަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާ ޕްރޮމޯޝަނެއް!

ދުރާލާ ޓިކެޓް ނަގައިގެން މޯލްޑިވިއަން އިން ޅ. އަތޮޅު މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނީ ޕްރޮމޯޝަނަލް ފެއަރގެ ދަށުން މަޑިވަރާއި މާލެއާ ދެމެދު އަދި މާލެއާއި މަޑިވަރާ ދެމެދު ކުރާ އެއްކޮޅު ދަތުރުގެ އަގަކީ 949 ރުފިޔާކަމަށެވެ. މިފެއަރގައި ދަތުރުކުރެވޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ފަހުން ދަތުރުކުރާ ފަރާތްތަކަށެވެ.

ޕްރޮމޯޝަނަލް ފެއަރ ލިބޭނީ މޯލްޑިވިއަންގެ މޯބައިލް އެޕް އަދި މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮން ޓިކެޓް ނަގާ ފަރާތަކަށެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މަޑިވަރު އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރެއްގެ އަސްލު އަގު އުޅެނީ 1377 ރުފިޔާގައެވެ. މި ޕްރޮމޯޝަންގެ ތެރެއިން އަގު 428 ރުފިޔާ ހެޔޮވެގެންދެއެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.