ޚަބަރު
22 Jan 2024
ޚަބަރު
އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން އެނިންމެވުން ނިންމަވާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހަށް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުށައެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
22 Jan 2024
ޚަބަރު
ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ބައެއް ކެނޑިޑޭޓުންނަށް ފުރުޞަތު ނުދިނުމުން ހައިޖާނު ބޮޑުވެއްޖެ
ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ބޭނުންވެ ފޯމް ހުށައެޅި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް ނިންމައި، އެކެނޑިޑޭޓުންނަށް، ޕީއެންސީގެ ޗެއާ ޕާސަން ޢަބުދުއްރަހީމް ޢަބުދުﷲ ސޮއިކުރައްވައި މިއަދު ވަނީ ސިޓީ ފޮނުވަން ފައްޓަވާފައެވެ. އެހެން ނަމަވެސް ކެންޑިޑެންސީ ބަލައި ނުގަތުމަށް ނިންމީ ކިތައް މެމްބަރުންގެ ކަމެއް އެޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ކެންޑިޑެންސީ ބަލައި ނުގަންނަ ކަމުގެ ސިޓީ ލިބުނު ބައެއް މީހުން ވަނީ އާދިއްތަ ދުވަހުގެރޭ، ޕީއެންސީގެ އޮފީހަށް ވަދެ ނުރުހުން ފާޅުކޮށްފައެވެ.
22 Jan 2024
ޚަބަރު
އިންފުލުއެންޒާ ޖެހިގެން ޒުވާން އަންހެނަކު ނިޔާވެއްޖެ
ނިޔާވި އަންހެންމީހާގެ ފިރިމީހާގެ އާއިލާގެ މީހަކު ބުނި ގޮތުގައި ނިޔާވި އަންހެން މީހާއަށް އިންފުލުއެންޒާ ޖެހުނީ ވިހައިގެން ހޮސްޕިޓަލުގައި އޮއްވައެެވެ. އަދި މިދިޔަ ހަފްތާގައި އެ އަންހެންމީހާ ގަންރީޖަނަލް ހޮސްޕިޓަލުން މާލެ ފޮނުވީވެސް ވެންޓިލޭޓަރުގައި ކަމަށާއި، އަންހެންމީހާއަށް ގަން ރީޖަނަލް ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާއެއް ދެވުނު ކަމަށް އާއިލާއަށް ޤަބޫލު ނުކުރެވޭ ކަމުގައިވެސް އޭނާ ބުންޏެވެ.
21 Jan 2024
ޚަބަރު
ޗީފް އޮފް ޑިފެންސް ފޯސް ޔޫއޭއީއަށް ވަޑައިގެންފި
އެމްއެންޑީއެފުން ވިދާޅުވީ، މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ޑައިރެކްޓްރޭޓް އޮފް ސީ ފޯ ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އިބްރާހިމް ޝާން ޝާކިރު ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އެހެން ނަަމެސް މިދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑިއެފުން ހާމައެއް ނުކުރެއެވެ.
21 Jan 2024
ޚަބަރު
ރައީސް ވައުދުވެވަޑައިގެންެވި އައްޑޫ ބުރިޖް އަޅައިދޭ މިސްރުގެ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފި
ނާޒިމް ވިދާޅުވީ، އައްޑޫ ބުރިޖު އެޅުމާއި ގުޅޭ ސާވޭތައް އެކުންފުނިން ހިލޭކޮށްދޭނެ ކަމުގެ އިޝާރާތެއްކޮށްފައި ވާތީ، ހިލޭ އެމަސައްކަތްކޮށްދޭން އެކުންފުނިން ތައްޔާރުނަމަ، އެކުންފުންާޏާއި އެކު ބުރިޖު އެޅުމާއި ގުޅޭ ސާވޭތަކާއި ގުޅޭ މަޝްވަރާތައް ފެށުމަށްވެސް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށެވެ.
21 Jan 2024
ޚަބަރު
ބުޅާ ފެސިލިޓީ ހަދާނީ މާލޭ ސިޓީ ކައުންސިލުން: ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމާއި އެއްކޮށްލާފައިވާ ކުރީގެ ރިޒޯޓު ފަރުކޮޅުފުށީގައި ކެޓް ސެންޓަރެއް އެޅުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ފަރުކޮޅުފުށިން މިހާރު ބިންވެސް ހަމަޖެހިފައިވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.
21 Jan 2024
ޚަބަރު
ފެނުމުން މަހުރޫމްވެފައިވާ މީހުން އަމިއްލައަށް ވޯޓުލާން ބޭނުންނަމަ ރަޖިސްޓްރީވާން ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
21 Jan 2024
ޚަބަރު
ދައުލަތު އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ދިރާސާއެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ނާޒިމް ވިދާޅުވީ، އަލަށް ކުރުމަށް ނިންމާފައިވާ ސާރވޭ އަކީ، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާއި ހުރެ އެހީތެރިކަން ނުލިބޭ ފަރާތްތައް ދެނެގަތުން ކަމަށެވެ. މިގޮތުން ދައުލަތުގެ ނިޒާމްގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށް އެހީތެރިކަން ފޯރުވައި ދިނުމާއި ގުޅޭ ކަންތަތައްތަކެއް ކުރި ނަމަވެސް އެކަން ނޭނގޭ މީހުންވެސް ތިބިކަން ނާޒިމް ފާހަގަކުރެއްވިއެވެ.
21 Jan 2024
ޚަބަރު
ފުނަދޫގައި ހުރި އެސްޓީއޯގެ ފިއުލްފާމް، މާގިރި ފަޅަށް ބަދަލުކުރުމަށް ނިންމައިފި
މިކަން ހާމަކުރެއްވީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ، ފުނަދޫގައި ހުރި ފިއުލްފާމް މާގިރިފަޅަށް ބަދަލުކުރުމަށް ނިންމާފައި ވަނީ އެކަމާއި ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރާކުރުމަށް ފަހުގައި ކަމަށެވެ.
21 Jan 2024
ޚަބަރު
"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި އިދާރާއެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައިވާ ކަމަށެވެ.
21 Jan 2024
ޚަބަރު
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ޖުމްހޫރީ ޕާޓިން ވަކިވެވަޑައިގެންފި
ބައެއް އެހެން ފަރާތްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ވެރިކަމުގެ ދައުރު ނިމުމަށްފަހުގައި އެމްޑީޕީގެ ބައެއް ހަރަކާތްތަކުން އެމަނިކުފާނު ވަނީ ފެންނަން ފަށާފައެވެ.
21 Jan 2024
ޚަބަރު
އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށެންދެންވެސް، ރާއްޖޭގައި ލިބެންހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ހިފުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ގއ. ވިލިނގިލީގައ ސްޓްރޯކެއް ޖެހި ހާލު ދެރަވި 13 އަހަރުގެ ކުޑަކުއްޖެއް ފަރުވާ ދިނުމަށް މާލެ ގެނައުން ސަރުކާރުގެ ސީދާ އިހުމާލުން 16 ގަޑިއިރަށް ވުރެ ލަސްވެ އެ ކުއްޖާގެ ފުރާނަ ގެއްލިފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަމާއި މެދު ނުހަނު ހިތާމަކުރާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު, އެ ވަސީލަތްތައް ބޭނުން ނުކުރުން މި ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
21 Jan 2024
ޚަބަރު
ފަރުވާ ލިބުން ލަސްވެ ކުޑަކުއްޖާ މަރުވި މައްސަލަ މަޖިލީހަށް ހުށައަޅައިފި
އެސިޓީފުޅުގައި ސަޢުދު އެދިވަޑައިގެންފައި ވަނީ، ވިލިނގިލީގައި ދިމާވި މިހިތާމަވެރި ހާދިސާގައި، ދިވެހިރާއްޖޭގައި އެވަގުތާއި ހަމައަށް ލިބެންހުރި އެމާޖެންސީ އިވެކުއޭޝަން ވަޞީލަތްތައް ބޭނުން ނުކޮށް، ގަސްތުގައި އަވަސް ފަރުވާއަށް މޭލެ ގެނައުން ލަސްވި މައްސަލަބަލައި ދިރާސާކޮށް، މިފަދަ ކަންކަން ޤައުމުގައި ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި، އެ ހާދިސާގައި އެކި މުއައްސަސާތަކުން ވެފައިވާ އިޙުމާލުތަށް ބެލުމަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.
21 Jan 2024
ޚަބަރު
އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ އާއި ރައީސް ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
21 Jan 2024
ޚަބަރު
އިހުމާލުވި ފަރާތްތަކުގެ މަސައްލަތައް ބެލުމަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފި
21 Jan 2024
ޚަބަރު
ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭ ޖެޓް ޖެއްސޭވަރަށް ބޮޑުކުރުމަށް މަޝްވަރާކޮށްފި
ފުވައްމުލަކު އެއާޕޯޓު ރަންވޭގެ އޮރިއަންޓޭޝަން ބަދަލުކޮށް ރަންވޭ ދިގުކުރުމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން މަޝްވަރާ ކޮށްފިއެވެ. ފުވައްމުލަކު އެއާޕޯޓަކީ އާރްއޭސީލްއިން އޮޕަރޭޓުކުރަމުން އަންނަ ހަ އެއާޕޯޓުގެ ތެރެއިން އެއް އެއާޕޯޓެވެ.