Advertisement

އިންޑިއާއިން ހަދިޔާކޮށްފައި ހެލިކޮޕްޓަރުގައި ބަލި މީހަކު މާލެ ގެނައުން --- ފައިލްފޮޓޯ އެމްއެންޑީއެފް

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށެންދެންވެސް، ރާއްޖޭގައި ލިބެންހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ހިފުމަށް އެމްޑީޕީން ގޮވާލައިފި

މިއަންނަ މާރިޗު މަހުގެ ތެރޭގައި ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށޭނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވާއިރު، އެޚިދުމަތް ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ފަސްނުޖެހި ބޭނުންކުރުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ގއ. ވިލިނގިލީގައ ސްޓްރޯކެއް ޖެހި ހާލު ދެރަވި 13 އަހަރުގެ ކުޑަކުއްޖެއް ފަރުވާ ދިނުމަށް މާލެ ގެނައުން ސަރުކާރުގެ ސީދާ އިހުމާލުން 16 ގަޑިއިރަށް ވުރެ ލަސްވެ އެ ކުއްޖާގެ ފުރާނަ ގެއްލިފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަމާއި މެދު ނުހަނު ހިތާމަކުރާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު, އެ ވަސީލަތްތައް ބޭނުން ނުކުރުން މި ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިސްވެރިން މި ހާދިސާގެ ޒިންމާއިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން މި ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގައި ކަމަށާއި، މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެމްޑީ]ީގެ ބަޔާނުގައި ބުނެފައި ވަނީ، މިއީ ދިވެހި ދަރިއެއްގެ ފުރާނައަށް ވުރެ އަމިއްލަ ސިޔާސީ މަސްލަހަތު ސަރުކާރުން އިސްކުރި ދެވަނަ ފަހަރު ކަމަށާއި، ސަރުކާރުން ގޮތްދޫނުކުރުމުގެ އަގަކީ މައުސޫމު ދިވެހި ޅަދަރިންގެ ފުރާނަތައް ގެއްލިގެން ދިޔުންކަމަށް މިއަދު ވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި، އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ފާހަގަކޮށްފައި ނެތަސް އެބަޔާނުގައި އިޝާރާތްކޮށްފައި ވަނީ އެ އުޅަނދުތަކަށެވެ. 2011 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރުމާއި ހަމައަށް ވައިގެމަގުން ބަލި މީހުން އުފުލުމުގައި ބޭނުން ކުރި އެންމެ މުހިއްމު އެއް ވަޞީލަތަކީ ހެލިކޮޕްޓަރެވެ. އަދި ރައީސް ޞާލިޙްގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާ ބޯޓުވެސް މައިގަނޑުގޮތެއްގައި ބޭނުން ކުރަމުން އައީ، ސިއްޙީ ކުއްލި އެމާޖެންސީ ހާލަތުގައި ބަލި މީހުން އުފުލުމަށާއި، ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންސް ތަކުގައެވެ. އެހެން ނަމަވެސް އިންޑިއާ ސިފައިން އެއުޅަނދުތައް ދުއްވާތީ، އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި އެއުޅަނދުތައް ބޭނުން ކުރުން ސަރުކާރުން އޮތީ ހުއްޓާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.