Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް --

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ބުޅާ ފެސިލިޓީ ހަދާނީ މާލޭ ސިޓީ ކައުންސިލުން: ސަރުކާރު

މާލޭގައި ބުޅާ ގިނަވެ އާއްމު އުނދަގުލަކަށްވެ ރައްޔިތުން އެކަމުގެ ޝަކުވާ ކުރަމުންދާއިރު، ބުޅާ ފެސިލިޓީ ޤާއިމްކޮށް ހިންގާނީ، މާލެ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ދެމެދު ސޮއި ކުރާ އެއްބަސްވުމެއްގެ ދަށުން ކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމާއި އެއްކޮށްލާފައިވާ ކުރީގެ ރިޒޯޓު ފަރުކޮޅުފުށީގައި ކެޓް ސެންޓަރެއް އެޅުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ފަރުކޮޅުފުށިން މިހާރު ބިންވެސް ހަމަޖެހިފައިވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް އެތަނަށް ގެންގޮސް ކެޓް ޝެލްޓާގެ ޚިދުމަތްދޭނީ، މާލޭ ސިޓީ ކައުންސިލާއި، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ ގުޅިގެން ކަމަށެވެ.

މާލޭގައި އުޅޭ ބުޅާތަކަށް ކެޓްފެސިލިޓީއެއް ޤާއިމްކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރުން ފެށިގެން ދައްކަވަމުން ގެންދެވި ވާހަކަފުޅެވެ. އެންމެ ފުރަތަމަ ވިލިމާލޭގައި ބުޅާތަކަށް ޚާއްސަ ފެސިލިޓީއެއް ޤާއިމްކުރެއްވުމުގެ ވާހަކަފުޅު ދެއްކެވި އިރު، ފަހުން މާލޭގައިވެސް އެފަދަ ފެސިލިޓީއެއް ޤާއިމްކުރުމުގެ ވާހަކަފުޅު ދެއްކެވިއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމުގެ ގޮތުން މާލޭގެ މަގުތަކަށް ގިނަވެގެން އުޅޭ ބުޅާތަކަށް ކެޓް ފެސިލިޓީއެއް ތަރައްޤީކޮށްދެއްވުމަކީ، މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ، އެމްޑީޕީގެ މެމްބަރު އާދަމް އާޒިމްވެސް ވައުދުވެވަޑައިގެންފައިވާ ކަމެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.