Advertisement

އެސްޓީއޯއިން ތެޔޮ ރައްކާކުރާ ކ. ފުނަދޫ --

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފުނަދޫގައި ހުރި އެސްޓީއޯގެ ފިއުލްފާމް، މާގިރި ފަޅަށް ބަދަލުކުރުމަށް ނިންމައިފި

އެސްޓީއޯއިން މާލެ އަތޮޅު ފުނަދޫގައި، ޤާއިމްކޮށްފައިވާ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ، ފުނަދޫގައި ހުރި ފިއުލްފާމް މާގިރިފަޅަށް ބަދަލުކުރުމަށް ނިންމާފައި ވަނީ އެކަމާއި ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރާކުރުމަށް ފަހުގައި ކަމަށެވެ. ފިއުލްފާމް ބަދަލުކުރުމުގެ މައްސަލަ އިކޮނޮމިކް ކައުންސިލަށް ފޮނުއްވާފައި ވަނީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިންނެވެ. 

" އެސްޓީއޯގެ ފިއުލްފާމް ބަދަލުކުރަނީ ޑިވެލޮޕްމަންޓް ބައެއް ޕްރޮޖެކްޓްތަކަށް ... އެއާޕޯޓް އެކްސްޕެންޝަން ރައީސް އިފްތިތާހްކޮށް ދެއްވި އިރު، އެޕްރޮޖެކްޓްގެ ތެރޭގައި، ފުނަދޫ ހިމެނޭ ޝާމިލްވޭ. އެކަން ކުރުމަށްޓަކައި ދުރު ރާސްތާ މަސައްކަތެއްގެ ގޮތުގައި، ކުރަންޖެހޭ އެންމެ ފުރަތަމަ އެ ފިއުލްފާމް އެތަނުން ނަގަންޖެހޭ. އޭރުން އެމަސައްކަތަށް އެތަން ހުސްވާނީ. ދެވަނަ ކަމަކީ އަބަދުވެސް ދެކެމުން އައި ކަމެއް، ވަރަށް ގިނަ ރައްޔިތުން ފާހަގަކުރާ ކަމެއް އެއީ އެތަނަކީ ފިއުލްފާމެއް ހުރުން އެންމެ ރަނގަޅުތަން ނޫންކަމާއި، އެއަށްވުރެ މާ އިކޮނޮމިކް ތަނެއްގެ ގޮތުަގައި މަންފާ ނޫނީ ނަފާ ދިވެހި ރައްޔިތުންނަށް ލިބޭނެ ތަނެއްގެ ގޮތުގައި އެތަން ބޭނުން ކުރެވިދާނެ ކަމަށް. އެހެންވީމާ މައިގަނޑު ގޮތެއްގައި އެއާޕޯޓް އެކްސްޕެންޝަންގައި އެތަން ހިމެނޭތީވެ އެކަމަށް ބޭނުން ކުރުމަށްޓަކައި އެފެސިލިޓީޒް އެހެން ތަނަކަށް އެ މޫވް ކުރަނީ"

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް.

މާގިރިފަޅަށް އެސްޓީއޯގެ ފިއުލްފާމް ބަދަލުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމި އިރު އެފަޅަކީ، ނިމިދިޔަ ސަރުކާރުން އެޗްޑީސީއަށް ދީފައިވާ ފަޅެކެވެ. އެހެން ނަމަވެސް އެކަމަށް އައި ބަދަލެއް ސަރުކާރަކުން ހާމައެއް ނުކުރައްވައެވެ.

މިސަރުކާރުން ވަނީ، ފުނަދޫ ހުސްކޮށް އެރަށަކީ، ސްޕެޝަލް އެކޮނޮމިކް ޒޯނަކަށް ހެދުމަށާއި އެރަށުގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ނިންމާފައެވެ. އަދި މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ، "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"އެއްވެސް އުފައްދާފައެވެ.

ފުނަދޫ ހުސްކުރުމަށް އެސްޓީއޯއިން ހުށައެޅި އިރު، އެރަށަކީ، އެސްޓީއޯއިން ތެޔޮ ރައްކާކުރާ މައި ސްޓޯރޭޖް ހުރި ރަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.