Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް --

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ވައުދުވެވަޑައިގެންެވި އައްޑޫ ބުރިޖް އަޅައިދޭ މިސްރުގެ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އައްޑޫގެ ރައްޔިތުންނަށް އަޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވި، އައްޑޫ ބުރިޖު އަޅައިދިނުމަށް، މިސްރުގެ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާލުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕުން އެބުރިޖް އަޅައިދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ އެބުރިޖު އެޅުމާއި ގުޅޭ ސާވޭތައް އެކުންފުންޏާއި އެކު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އައްޑޫ ބުރިޖު އެޅުމާއި ގުޅޭ ކަންކަމުގައި މިއަދު ބޭއްވި އިކޮނޮމިކް ކައުންސިލްގައިވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، އައްޑޫ ބުރިޖު އެޅުމާއި ގުޅޭ ސާވޭތައް އެކުންފުނިން ހިލޭކޮށްދޭނެ ކަމުގެ އިޝާރާތެއްކޮށްފައި ވާތީ، ހިލޭ އެމަސައްކަތްކޮށްދޭން އެކުންފުނިން ތައްޔާރުނަމަ، އެކުންފުންާޏާއި އެކު ބުރިޖު އެޅުމާއި ގުޅޭ ސާވޭތަކާއި ގުޅޭ މަޝްވަރާތައް ފެށުމަށްވެސް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށެވެ. 

އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުމީދޫ އޮންނަނީ އިރުމަތީ ބިތުގައި ކަމަށް ވާއިރު ހުޅަނގު ބިތުގައި އޮންނަ ހިތަދޫއާއި ހުޅުމީދޫއާ ދެމެދު 9 މޭލު ހުރެއެވެ. އަދި ހުޅުމީދޫ އާއި އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އެކު ދެކުނު ބިތުގައި އޮންނަ ގަމާއި ދެމެދު 4 މޭލު ދުރުމިން ހުރެއެވެ. އައްޑޫގެ ކޮންމެ ފަރާތަކުން މިރަށްތަށް ގުޅާލަން ނިންމި ނަމަވެސް މަދުވެގެން ދެ ކޯޒްވޭ މަގާއި ކަނޑުއޮޅިތައް ހުރަސްކޮށް ދެ ބުރިޖް އަޅަން ޖެހޭނެއެވެ. ކޯޒްވޭތަކާއި ހައިވޭތަކާއި އެކު ގުރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖުމުލަ ދިގުމިނަކީ، 3.4 މޭލެވެ. ސިނަމާލެ ބުރިޖުގެ ދިގުމިނަކީ، 0.91 މޭލެވެ. އެހެންކަމުން އައްޑޫ ބުރިޖުވެގެންދާނީ މިހާތަނަށް އެޅޭ އެންމެ ދިގު ބުރިޖަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.