Advertisement

ދޮށީ އުމުރުގެ ދެމީހަކު ދިވެހި ސަޤާފީ މަސައްކަތްތައް ދައްކާލަނީ -- ނޫން.އެމްވީ ފައިލް ފޮޓޯ

21 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތު އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ދިރާސާއެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ އުމުރުގެ މީހުންގެ ތެރެއިން ދައުލަތުގެ އެހީތެރިކަން އެކި ސަބަބުތަކާއި ހުރެ ނުލިބޭ ފަރާތްތައް ދެނެގަތުމަށް ޚާއްސަ ސާވޭއެއް ކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ ޢުމުރުގެ މީހުންގެ އައު ދަފްތަރެއް އެކުލަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

ނާޒިމް ވިދާޅުވީ، އަލަށް ކުރުމަށް ނިންމާފައިވާ ސާރވޭ އަކީ، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާއި ހުރެ އެހީތެރިކަން ނުލިބޭ ފަރާތްތައް ދެނެގަތުން ކަމަށެވެ. މިގޮތުން ދައުލަތުގެ ނިޒާމްގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށް އެހީތެރިކަން ފޯރުވައި ދިނުމާއި ގުޅޭ ކަންތަތައްތަކެއް ކުރި ނަމަވެސް އެކަން ނޭނގޭ މީހުންވެސް ތިބިކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އެ ސަރވޭގެ އަލީގައި އެއްކުރެވޭ މަޢުލޫމާތުން، ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެ ހަވާސާވެފައި ތިބި ދޮށީ އުމުރުގެ މީހުންނާއި ޚާއްޞަކޮށް އަޅާލަންޖެހޭ ޙާލަތެއްގައި ތިބި ފަރާތްތައް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ދެނެގަނެ އެމީހުންނަށް އެންމެ ފުރަތަމަ މަރުހަލާގައިވެސް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ނިޒާމެއް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމަންޓުން ޤާއިމްކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް މިހާރުވެސް އޮވެއެވެ. އެދަފްތަރު ބަލަހައްޓައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ ޢިނާޔަތް ދިނުމުގެ މަސައްކަތް ކުރަމުން ދަނީ އެންސްޕާއިންނެވެ.

މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނާއި، ދާންމަތިވެފައިވާ މީހުންނާިއ، އަދި އެނޫންވެސް ޚާއްޞަ އެހީތެރިކަން ބޭނުންވާ ދޮށީ އުމުރުގެ މީހުންގެ މައުލޫމާތު އެއްކޮށް ބަލަހައްޓަމުން ގެންދިޔައީ، ކުރީގެ ޖެންޑަރ މިނިސްޓްރީ އަދި މިހާރުގެ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމަންޓުންނެވެ. މިގޮތުން އެމިނިސްޓްރީން ޤާއިމްކޮށްފައިވާ އިބަމަ ނިޒާމް އިތުރަށް ތަރައްޤީކުރުމާއި އެކު، މިކަންކަން ބެލެހެއްޓުމަށް އައު ސޮފްޓްވެއާ އެއް ހެދުމަށްވެސް ނިންމާފައިވާ ކަމުގައި ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.