Advertisement

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން --

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ބައެއް ކެނޑިޑޭޓުންނަށް ފުރުޞަތު ނުދިނުމުން ހައިޖާނު ބޮޑުވެއްޖެ

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހުށައެޅި އެތައް ކެނޑިޑޭޓުންނަކަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ފުރުޞަތު ނުދޭން އެޕާޓީގެ ލީޑަޝިޕުން ނިންމުމުން އެކަން ބޮޑު ހައިޖާނުގަނޑަކަށްވެ ބައެއް މެމްބަރުން ޕީއެންސީގެ އޮފީސް ތެރެއަށް ވަދެ ނުރުން ފާޅުކޮށްފިއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ބޭނުންވެ ފޯމް ހުށައެޅި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް ނިންމައި، އެކެނޑިޑޭޓުންނަށް، ޕީއެންސީގެ ޗެއާ ޕާސަން ޢަބުދުއްރަހީމް ޢަބުދުﷲ ސޮއިކުރައްވައި މިއަދު ވަނީ ސިޓީ ފޮނުވަން ފައްޓަވާފައެވެ. އެހެން ނަމަވެސް ކެންޑިޑެންސީ ބަލައި ނުގަތުމަށް ނިންމީ ކިތައް މެމްބަރުންގެ ކަމެއް އެޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ކެންޑިޑެންސީ ބަލައި ނުގަންނަ ކަމުގެ ސިޓީ ލިބުނު ބައެއް މީހުން ވަނީ އާދިއްތަ ދުވަހުގެރޭ، ޕީއެންސީގެ އޮފީހަށް ވަދެ ނުރުހުން ފާޅުކޮށްފައެވެ.

ޕީއެންސީން ބައެއް މެމްބަރުންނަށް މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ނުދޭން ނިންމިކަމަށް ބުނެ ފޮނުވާފައިވާ ސިޓީތަކުގައި ބަޔާންކޮށްފައި ވަނީ، އެކެނޑިޑޭޓުން ޕާޓިއަށް އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެއްވާފައި ނުވާތީ ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާތީ، ކެންޑިޑެންސީ ބަލައިގަނެވެން ނެތްކަމަށެވެ. މީގެ އިތުރުން ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބަލައި ނުގަތް ސަބަބަކީ އެ މެމްބަރުން ޕާޓީގެ ތެރޭގައި ފިތުނަވެރިކަން އުފެދޭ ގޮތަށް މަސައްކަތް ކުރައްވާފައިވާތީ ކަމަށްވެސް ބައެއް ސިޓީތަކުގައި ބަޔާންކޮށްފައި ވެއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ހުށައެޅި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް ޕީއެންސީ މި ނިންމީ މަޖިލިސް ޕްރައިމަރީ 3 ފަަހަރެއްގެ މަތިން ފަސްކުރުމަށް ފަހުގައެވެ. މިހާރު އެޕާޓީން ނިންމާފައި ވަނީ، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ.

ޕީއެންސީގެ ބައެއް މެމްބަރުން ތުހުމަތުކޮށްފައިވާ ގޮތުގައި ބައެއް ކެންޑިޑޭޓުންނަށް މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށް، ނިންމާފައި ވަނީ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބުދުﷲ ގެ ނުފޫޒުން ވަކި ބޭފުޅުންތަކަކަށް މަޖިލިސް ޓިކެޓް ދިނުމަށްޓަކައެވެ.

ޕާޓިއަށް އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެއްވާފައި ނުވާތީ ކަމަށް ބުނެ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށައެޅި ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް ނިންމި އިރު އެޕާޓިގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބި %92 މެމްބަރުންނަކީ، ފާއިތުވި 2 މަސްދުވަހުގެ ތެރޭގައި ޕާޓީއާ އަލަށް ގުޅުނު މެމްބަރުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިފަހުން އެޕާޓީއާ 37000 ވުރެ ގިނަ މީހުން ގުޅިފައިވާ ކަމަށް އެޕާޓިން ބުނާއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނު އެޕާޓީގައި 4000 މެމްބަރުންވެސް ހަމަ ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.