Advertisement

ކ. ތިލަފުށި މަތިން ނަގާފައިވާ ފޮޓޯ، ތިލަފުށީގެ އުތުރުން ފެންނަން އޮތް ކުޑަފަޅަކީ އެސްޓީއޯގެ ފިއުލްފާމް ބަދަލުކުރަން ހަމަޖެއްސިފަޅު --- ފޮޓޯ: ނޫން.އެމްވީ

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެސްޓީއޯގެ ފިއުލް ފާމް ބަދަލުކުރުމަށް ނިންމާފައި ވަނީ ތިލަފުށި ކައިރީގައި އޮންނަ ކުޑަކުޑަފަޅަށް

މާލެ އަތޮޅު ފުނަދޫގައި ހުރި އެސްޓީއޯގެ ފިއުލް ފާމް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމަވާފައި ވަނީ، ކ. ތިލަފުށި ކައިރީގައި އޮންނަ "މާގިރި" ނަމަކަށް ކިޔާ ކުޑަފަޅަކަށް ކަމުގައި، އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޢަބުދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މާގިރިފަޅަށް އެސްޓީއޯގެ ފިއުލް ފާމް ބަދަލު ކުރުމަށް ސަރުކާރުން ނިންމިކަން އިއްޔެ އިއުލާނު ކުރުމާއި އެކު ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އީކޯކެއާ މޯލްޑިވްސްއިން އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރުމާއި ގުޅިގެންނެވެ. 

މާލެ އަތޮޅު ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓު ކައިރީގައިވެސް، "މާގިރިފަޅު" ކިޔާފަޅެއް އޮންނައިރު އެފަޅަކީ، މާލެ އަތޮޅުގެ މުހިއްމު ޑައިވް ޕޮއިންޓެކެވެ. އަދި ސަރުކާރުގެ ނިންމުން ހާމަކުރި އިރު، މާލެ އަތޮޅުތެރެއިން ފިއުލްފާމް ބަދަލުކުރުމަށް ނިންމިފަޅާއި ގުޅޭ ގޮތުން ތަފްސީލް ދީފައި ނުވާތީ އެކަމުގެ އޮޅުންތައް ވަނީ އަރާފައެވެ.

އީކޯ ކެއާ މޯލްޑިވްސްއިން ވަނީ، އެރި އޮޅުންތައް ސާފުކޮށްދެއްވީތީ، މިނިސްޓަރަށް ޝުކުރުއަދާކުރައްވާފައެވެ. އެހެން ނަމަވެސް އެފަޅުގެ ބަދަލުގައިވެސް ކ. ތިލަފުށީގައި އެސްޓީއޯގެ ފިއުލްފާމް ހެދުމަށް އެދޭ ކަމުގައި އިކޯކެއަރ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ޢުމުރާނީ ތަރައްޤީގެ މަޝްރޫއުތަކާއި އެކު ރާއްޖޭގެ ގުދުރަތީ ވެއްޓަށާއި ފަޅުތަކާއި ފަރުތަކަށް ލިބެމުން އަންނަ ގެއްލުންތަކާއި ގުޅިގެން އެފަދަ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި ދެކޮޅަށް އީކޯކެއަރ މޯލްޑިވްސްއިން އަންނަނީ އަޑު އުފުލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.