Advertisement

ސިފައިންގެ ޕެރޭޑް ގެ ތެރެއިން --

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސިފައިންގެ ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ދިވެހި ސިފައިންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ޑިފެންސް މިނިސްޓްރީން އިއްޔެ ހުޅުވާލައިފިއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފަރާތްތަކުން، ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި، އެހެނިހެން ލިޔެކިޔުންތަކާއިއެކު، 2024 ފެބުރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް ޑިފެންސް މިނިސްޓްރީން ވަނީ އެދިފައެވެ.

އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް، ޑިފެންސް މިނިސްޓްރީ އާ އެމްއެންޑީއެފްގެ ވެބްސައިޓުން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މާލޭގައި ހުންނަ ސިފައިންގެ މައިމަރުކަޒުންނާއި އަތޮޅުތަކުަގައި ހުރި އެމްއެންޑީއެފްގެ ސަރަޙައްދީ ކޮމާންޑް ސެންޓަރު ތަކުންނާއި އޮންލައިންކޮށް އަދި އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ބަލައިގަންނާނެއެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި:

- ދިވެހި ރައްޔިތެއް ކަމުގައިވުން.

- އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

- ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހަކު ކަމުގައިވުން.

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެރެކޯޑެއް އޮތްމީހަކުކަމުގައި ނުވުން.

- ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން. ؛ ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމާއި ހަމައަށް މުސާރައާއި އެލަވެންސްގެ ގޮތުގައި -/12400 ރުފިޔާ ލިބޭނެ ކަމަށާއި، އަދި އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމުން މުސާރައާއި އެލަވަންސްގެ ގޮތުގައި -/15500 ރުފިޔާ އާއި މަސައްކަތް ކުރާ ދާއިރާއެއްގެ ގޮތުން ހަމަޖެހިފައިވާ އިތުރު އެލަވަންސްތައް ލިބޭނެކަމުގައިވެސް ޑިފެންސް މިނިސްޓްރީ ހާމަކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.