Advertisement

ފޮޓޯ: ކައުންސިލް

21 Jan 2024
ޚަބަރު

ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭ ޖެޓް ޖެއްސޭވަރަށް ބޮޑުކުރުމަށް މަޝްވަރާކޮށްފި

ފުވައްމުލަކު އެއާޕޯޓު ރަންވޭގެ އޮރިއަންޓޭޝަން ބަދަލުކޮށް ރަންވޭ ދިގުކުރުމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން މަޝްވަރާ ކޮށްފިއެވެ.

ފުވައްމުލަކު އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓް ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމާއި، ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރަންގެ ޖާގެ އިތުރު ކުރުމާއި ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި ފްލައިން ސްކޫލެއް ގާއިމުކުރުންވެސް ހިމެނޭކަމަށް އާރްއޭސީއެލްއިން ވަނީ ބުނެފައެވެ.

އާރްއޭސީއެލް އިން ބުނީ ކައުންސިލާ އެކު ކުރި މަޝްވަރާގައި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި ގޮތްތަކުގެ މައުލޫމާތު ވަނީ ދީފައެވެ. އަދި އެއާޕޯޓު ތަރައްގީގެ މާސްޓާ ޕްލޭނާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އާރްއޭސީއެލްއިން ބުންޏެވެ.

މީގެ އިތުރުން އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިމުގައި ޓޫރިޒަމް ޒޯނެއް ހެދުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.