ޚަބަރު
17 Jan 2024
ޚަބަރު
ލަންކާއާއި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށަން މަޝްވަރާކޮށްފި
ދިވެހިރާއްޖެއާއި ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ތަމްރީން ކުރުމަށް ހިންގަމުން އައި ޕްރޮގްރާމުތައް އަލުން ފަށަން މަޝްވަރާ ކުރައްވައިފިއެވެ.
17 Jan 2024
ޚަބަރު
ހިޔާ ސަރަހައްދުގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އަޅަނީ!
އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާ މި މިސްކިތުގައި 150 މީހުންގެ ޖާގަ ހިމެނޭނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ. އެކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މި ވަގުތީ މިސްކިތް ނިންމުމެވެ.
17 Jan 2024
ޚަބަރު
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމާއި ވަގުތީ ގޮތުން ހަވާލުވެވޭ ގޮތަށް ހަމަޖައްސައިފި
އެވުޒާރާއިން ވިދާޅުވީ، ތަފާތު އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނެވެނީ ވަގުތީ ގޮތުން ނެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާއި ހުރެ އެކުދިންގެ އުފަން އާއިލާތަކަށް އަނބުރާ ނުފޮނުވި، މަރުކަޒު ކުރެވުނު ނަމަވެސް، އެ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ހޯދައިދިނުމުގެ ގޮތުން އެ ކުއްޖާގެ އުފަން އާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޮސްޓަރކުރުމުގެ ނިޒާމެއް ޤާއިމްކޮށްފައި އޮންނަ ކަމަށެވެ.
17 Jan 2024
ޚަބަރު
ދިގުރަށުގައި މަރާލި ތުއްތުކުއްޖާ ފެނުނީ ޑަސްބިންތެރެއަށް އެއްލާލިތާ 4 ގަޑިއރު ފަހުން
ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ.ދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލިކަމަށްވެސް ޕްރޮަސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާއްމުކުރި ބަޔާނުގައި ބުނެފައި ވެއެވެ. ކުއްޖާގެ ހަށިގަނޑު ފެނިފައި އޭގެ ހަތަރު ގަޑިއިރު ފަހުން، އެދުވަހުގެ ހެނދުނު 9:28 ހާއިރުގައެވެ.
17 Jan 2024
ޚަބަރު
ދޮންއަނދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތް ނގަމުންދާ ގޮތް އެމްޓީސީސީގެ ސީއީއޯ ބައްލަވާލައްވައިފި
ދޮންއަނދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތުގެ ތެރެއިން އެމަގަށް ވާގޮތަށް ކުރިން އަޅާފައި ހުރި އިންޖީނުގެތަކުގައި، އިންޖީނު ބެހެއްޓުމަށް ތައްޔާރުކޮށްފައި ހުރި ބެޑްތައް ތަޅާލައި މެގުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސިންނެވެ. 6 ފޫޓު ބޯމިނުގައި އަޅާފައިވާ ބޮޑެތި ކޮންކްރީޓް ބެޑުތައް އެތަނުން ތަޅައި މެގުމުގެ މަސައްކަތަކީ، އެމަގު ހުޅުވާލުމަށް ސްޓެލްކޯއިން ކުރި މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
17 Jan 2024
ޚަބަރު
ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުރި ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ފަޅުތެރެއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއެކޮށްފި
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަޙްމީ ވިދާޅުވީ، އެމަސައްކަތަށް ސްޓެލްކޯގެ ބަޖެޓުން 7.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އަމާޒު ހިފާފައި ވަނީ ދެމަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް ކަމަށެވެ.
17 Jan 2024
ޚަބަރު
އދ. ދިގުރަށުގައި ވިހޭ ދަރިފުޅު މަރާލައި އެއްލާލި މަންމަގެ މައްޗަށް 3 ދައުވާއެއް
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އެމައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ، ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ އާއި، އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާކަމަށެވެ.
17 Jan 2024
ޚަބަރު
ޚިދުމަތުން ވަކިވެފައިވާ ސިއްޙީ ދާއިރާގެ މުވައްޒަފުން އަނބުރާ ދާއިރާއަށް ނެރުމުގެ ސިޔާސަތު އިފްތިތާހްކޮށްފި
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލައްވާފައިވާ ޚާއްޞަ އުޞޫލެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެވެ. އަދި މިއީ ހަފްތާ 14ގައި ޙާސިލްކުރުމަށް އަމާޒު ހިފާފައިވާ ލަނޑުދަނޑިއެކެވެ.
17 Jan 2024
ޚަބަރު
ކަރަންޓްގެ ޚިދުމަތް ދިނުމާއި، ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނާއި ސްޓެލްކޯއިން މަޝްވަރާކޮށްފި
ސްޓެލްކޯއިން ވަނީ، އެ ކުންފުނީގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާއި ގުޅޭގޮތުން އަދި ކަރަންޓް ކެނޑޭ ވަގުތުތަކުގައި މިކުންފުންޏާއި، ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
17 Jan 2024
ޚަބަރު
ދިއްދޫ ފެނަކައިން 57 މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރި މައްސަލަ މަޖިލީހަށް ވައްދައިފި
އަބުދުﷲ ވަޙީދު ހުށައަޅުއްވާފައި ވަނި، ދިއްދޫ އައު އިންޖީީނުގެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަން އަށް ދެންނެވުމަށެވެ. އަދި މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް އެމައްސަލަ ފޮނުއްވައި ދެއްވުމަށްވެސް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަހީދު ވަނީ ހުށައަޅުއްވާފައެވެ.
16 Jan 2024
ޚަބަރު
މޫނު ނިވާކޮށްގެން ފިހާރަތަކަށް ވަދެ ބިރުދައްކައި ފޭރެމުން ދިޔަ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން، މިދިޔަ އާދީއްތަ ދުވަހުގައި ކަމަށެވެ. އެމީހާއަކީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް، ހޯމަ ދުވަހު އޭނާ ކްރިމިނަލްކޯޓަށް ހާޟިރުކުރުމުން ޝަރީއަށް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
16 Jan 2024
ޚަބަރު
ވަރޓިކަލް ފާމިން ތަޖުރިބާ ކުރުމުގެ ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
އެ މިނިސްޓްރީން ވިދާޅުވީ، ތަޖުރިބާކުރުމުގެ ގޮތުން ފަށާ މި ޕްރޮޖެކްޓަކީ، ރާއްޖެފަދަ ބިންކޮޅު ކުޑަ ޤައުމެއްގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް، މިފަދަ ޤައުމެއްގައި އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތަޢާރަފްކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އަޙައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ.
16 Jan 2024
ޚަބަރު
ސަބުދެލި މަގު އާއްމު ދަތުރުފަތުރަށް ހުޅުވާލައިފި
މަގު އަލުން ހުޅުވާލުމަށްޓަކައި އެސަރަހައްދު ސާފުކޮށް ޕޭވްމަންޓް އަޅައި މަގުގައި ގާއެޅުމުގެ މަސައްކަތް ކޮށްފައި ވަނީ އާރްޑީސީންނެވެ. އެކުންފުނިން ބުނީ، ސަބުދެލިމަގު މިއަދު އާއްމު ދަތުރުފަތުރަށާއި މީހުން ހިނގާބިނގާވެ އުޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
16 Jan 2024
ޚަބަރު
ޤައިދީން ރިހެބިލިޓޭޓްކޮށް މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ޤައުމީ ޖިހާދެއް: ކޮމިޝަނަރ އޮފް ޕްރިޒަންސް
ޤައުމުގައި ހުރި އިޤްތިޞާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫޢުތައް ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ. އަދި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ތަޢުލީމީ ފުރުޞަތު ހޯދާދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރައްވައި، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވިއެވެ.
16 Jan 2024
ޚަބަރު
ހުއްދަ ނެތް ދެކުންފުންޏަކުން މީހުން އުމުރާއަށް ގެންދަން ފައިސާ ނަގަނީ
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަލް މަޝްޢަރު ހައްޖު އުމްރާ ކުންފުންޏާއި، ވަޑި ހައްޖު އެންޑް އުމްރާ ކުންފުންޏަކީ، ރާއްޖެއިން މީހުން ހައްޖާއި އުމުރާއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ދެކުންފުންޏެއް ނޫނެވެ. އެހެން ނަމަވެސް އެ ދެ ކުންފުނިން، މީހުން އުމުރާއަށް ގެންދާނެކަމަށް ބުނެ ޢިއުލާނުކޮށް އަދި ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް މީހުންގެ އަތުން ފައިސާ ނަގަމުންދާކަން އެމިނިސްޓްރީއަށް އެނގިފައިވާ ކަމުގައިވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
16 Jan 2024
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް
ރާއްޖޭގެ އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި
އެމިނިސްޓްރީގެ ބަޔާނުގައި ހަމައެކަނި ބުނެފައި ވަނީ، އަސްކަރިއްޔާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާ އަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމަށެވެ.