ޚަބަރު
15 Jan 2024
ޚަބަރު
ޓެންޒޭނިއާގައި މައިނެއްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ
މިހާދިސާ ހިނގާފައި ވަނީ ޓެންޒޭނިއާގެ ސިމިޔޫ ސަރަހައްދުގެ ބާރިއަދި ޑިސްޓްރިކްޓްގައި ހުންނަ ނަގަލިތާ މައިންގައެވެ. މިހާދިސާގައި މަރުވި އެންމެންނަކީވެސް ފިރިހެނުންނެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ފަސްގަނޑު ދަށުވި މީހުންގެ ހަށިތައް މިހާރުވަނީ ނަގާފައެވެ.
15 Jan 2024
ޚަބަރު
ސޯމާލިއާގެ އައްސޭރި ފަށުގައި އޮތް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ސިފައިންގެ ދެމީހުން ކަނޑަށްވެއްޓި ގެއްލިއްޖެ
15 Jan 2024
ޚަބަރު
އިޒްރާއީލުން ޣައްޒާއަށް ހަމަލާދެމުންދާތާ 100 ދުވަސް ، މިހާތަނަށް 24000 މީހުން ޝަހީދުކޮށްލައިފި
އިޒްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކަށް ޖެނުއަރީ 14 ވަނަ ދުވަހަށް 100 ދުވަސް ހަމަވިއިރު، 24000 މީހުން ޝަހީދުކޮށްލުމުގެ އިތުރުން، 65000 ޓަނުގެ ބޮން އިޒްރޭލުން ވަނީ ގައްޒާއަށް އަޅާފައެވެ. އަދި 2.3 މިލިއަން މީހުން ވަނީ، 400 އަކަކިލޯމީޓަރު ހަމަނުވާ ސަރަހައްދެއްގެ ތެރޭގައި ތިބުމަށް މަޖުބޫރުކޮށްފައެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ކުޑަކުދިންވެސް ހިމެނޭ، 5875 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ފަލަސްތީނުގެ އާބާދީގައި ހިމެނޭ ކޮންމެ 20 މީހަކުން އެކަކު ވަނީ އިޒްރާއީލުން ޝަހީދުކޮށްލާފައެވެ.
15 Jan 2024
ޚަބަރު
އައްޑޫގައި ފުލުހަކު ދުއްވި ކާރެއް އެކްސިޑެންޓްވި ހާދިސާއާ ގުޅޭ ގޮތުން ފަތުރާ ވާހަކަތައް ދޮގުކޮށްފި
މިއެކްސިޑެންޓް ހިނގީ ދެ އަންހެނަކު ތިބި ސައިކަލަކާއި، ކާރެއް ޖެހިގެންނެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި، އެކާރަކީ ރަޖިސްޓްރީކޮށްފައި ނުވާ ކާރެކެވެ. އަދި އެކްސިޑެންޓްވުމުން ސީން ރޫޅާލިކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
14 Jan 2024
ޚަބަރު
ލިޓަސްއިން އެމްއެންޑީއެފަށް 3 ސައިކަލު ހަދިޔާކޮށްފި
އެމްއެންޑީއެފުން ވިދާޅުވީ، ލިޓަސް އޮޓޯ މޯބައިލްގެސް ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސައިކަލްތައް އެމްއެެންޑީއެފާއި ހަވާލުކޮށްދެއްވީ ލިޓަސް އޮޓޯމޯބައިލްސްގެ ޖެނެރަލް މެނޭޖަރ، އަޙްމަދު ޒާހިރުކަމަށެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ފަރާތުން ސައިކަލްތަކާ ހަވާލުވެލެއްވީ މާލެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދެވެ.
14 Jan 2024
ޚަބަރު
ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު މާލޭގައި ފެންބޮޑުވެ ލިބުނު ގެއްލުން 1.1 މިލިއަނަށް އަރާ: އެންޑީއެމްއޭ
އެންޑީއެމްއެމްއޭއިން ވިދާޅުވީ، އެދުވަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 227 ގެއަކަށް ފެންވަަދެ ގެއްލުންތައް ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބޯކޮށްވާރޭވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުން ލިބުނު، 20 ގެއެއްވެސް ހިމެނޭ ކަމަށެވެ.
14 Jan 2024
ޚަބަރު
އައު ދައުރަށް މަޖިލިސް ހުޅުވުން ފެބުރުއަރީ 5 ގައި
އައު ދައުރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވަވާނެއެވެ. އެހެން ކަމުން އެދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވާ ރިޔާސީ ބަޔާން ވެގެންދާނީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ބަޔާނަށެވެ.
14 Jan 2024
ޚަބަރު
​މާރިޗު މަހުގެ 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް ހުށައަޅައިފި
ރާއްޖެއާ އިންޑިއާ ސަރުކާރުގެ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ، އޮފީހުގެ ޕޮލިސީ ޑިރެކްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައި ވަނީ މާރިޗު މަހުގެ 15 ނިޔަލަށް އިންޑިއާ ސިފައިން ރާއްޖެއިން ބާލައިނިންމުމަށެވެ.
14 Jan 2024
ޚަބަރު
ބިލްޑް އެކްސްޕޯގައި އެސްޓީއޯގެ ސްޓޯލަށް ތަރުހީބު ބޮޑު
މިމަހުގެ 11 އިން 14އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ އެސްޓީއޯގެ ސްޓޯލަށް ގިނައަދަދެއްގެ ބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީޑްރޯއެއް ނަގައި، 5000 ރުފިޔާއާ ހަމައަށް މުދާ ލިބޭ ވައުޗަރު ވަނީ ދީފައެވެ.
14 Jan 2024
ޚަބަރު
ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް އިތުރު ކުންފުންޏެއް އުފައްދަވަން ނިންމަވައިފި
ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ، ސަރުކާރުން ކުރިޔަށް ގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ވުމާއި އެކު، އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
14 Jan 2024
ޚަބަރު
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭ ގޮތުން ރާއްޖެއާ އިންޑިއާއިން ރަސްމީ މަޝްވަރާތައް ފަށައިފި
ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ކުރިޔަށްދާ މަތީ ފެންވަރުގެ މިބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން މިހާތަނަށް ފޮރިން މިނިސްޓްރީންވެސް އަދި ސަރުކާރުންވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
14 Jan 2024
ޚަބަރު
މަޖިލިސް އިންތިހާބު އެމްޑީޕީން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރާނެ: އާޒިމް
ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރާނެ ކަމަށް މާލޭ މޭޔަރުކަމަށް އިންތިހާބުވި އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.
14 Jan 2024
ޚަބަރު
އާޒިމާ ބަލި ގަބޫލުކުރައްވައި އާޒިމްއަށް މަރުހަބާ ދަންނަވައިފި
އިއްޔެ ބޭއްވި މާލޭ މޭޔަރުގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރު ބަލިގަބޫލު ކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
14 Jan 2024
ޚަބަރު
ޓޫރިޒަމް ފަރާތްތަކަށްދޭ ޓްރެވެލޫޝަން އެވޯޑް މި އަހަރު ދެނީ
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ހިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކޮށް ދޭ ޓްރެވެލޫޝަން އެވޯޑް މި އަހަރު ބޭއްވުމަށް ނިންމައިފިއެވެ. މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގައެވެ.
14 Jan 2024
ޚަބަރު
ސްޓެލްކޯއިން 2 ޖަނަރޭޓަރު ސެޓު ގެނެސްފި
މި އަހަރުގެ ހޫނު ދުވަސްވަރު، މެދުނުކެނޑި ރައްޔިތުންނަށް ކަރަންޓު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސްޓެލްކޯއިން 2 ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ.
14 Jan 2024
ޚަބަރު
ދިވެހިރާއްޖެއާ ޗއިނާގެ ގުޅުމަކީ ނަމޫނާ ގުޅުމެއް: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ޤައުމުގެ ދޭތެރޭގައި މި އޮންނަ ގުޅުން ބިނާވެގެންވަނީ، މައިގަނޑު ހަތަރު ޕްރިންސިޕަލެއް ނުވަތަ އަސާސެއްގެ މައްޗަށްް ކަމަށާއި، އެ އަސާސްތަކަކީ. ނިއުޓްރަލް ރެސްޕެކްޓް، ސޮވްރިންގ އިކުއަލިޓީ، ޓެރިޓޯރިއަލް އިންޓެގްރިޓީ، ނަން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް ކަމަށެވެ.