Advertisement

ރާއްޖޭގަިއ ހުންނަވާ އިންޑިއާ ސަފީރާއި އިންޑިއާ ހައިކޮމިޝަންގައި ތިބޭ ބައެއް ވެރިން --- ފޮޓޯ: އިންޑިއާ އެމްވަސީ

14 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭ ގޮތުން ރާއްޖެއާ އިންޑިއާއިން ރަސްމީ މަޝްވަރާތައް ފަށައިފި

ދިވެހިރާއްޖެއާ އިންޑިއާ ސަރުކާރުގެ މަތީ ފަންތީފެންވަރުގެ ވެރިންގެ މަޝްވަރާއްތައް މިއަދު ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ދެޤައުމުގެ ސަރުކާރުގެ އިސްވެރިންގެ މެދުގައި މިއަދު ކުރިޔަށްދާ މި މަޝްވަރާ ބައްދަލުވުމަކީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ގުޅޭ ގޮތުން ދެޤައުމުގެ ދެމެދުގެ އިސްވެރިންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ކޮމިޓީއެއް އެކުލަވާލުމަށް، ކޮޕް-28ގެ ހަވާސާގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހުގައި އެކުލަވާލައްވަން ނިންމެވި ކޮމިޓީގެ ބައްދަލުވުމެކެވެ. އެހެން ނަމަވެސް ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ކުރިޔަށްދާ މަތީ ފެންވަރުގެ މިބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން މިހާތަނަށް ފޮރިން މިނިސްޓްރީންވެސް އަދި ސަރުކާރުންވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއާ އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ނުތަނަވަސްވެ ނާޒުކު ހާލަތަކަށް ގޮސްފައި ވާއިރު، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި އިއްޔެ ރާއްޖެ ވަޑައިގެން ދެއްވި ނޫސް ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، ނުސީދާ ބަހުން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މައިގަނޑު އެއް ރިޔާސީ ވަޢުދެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދިޔުމަށް ދިވެހި ސަރުކާރުން މިހާރު ވަނީ އިންޑިއާ ސަރުކާރަށް އަންގާފައެވެ. އަދި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އެހީގައި ކުރިން ހިންގަމުން އައި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ރާއްޖޭގެ ސަރަހައްދު ވައިގެމަގުން ބެލެހެއްޓުމުގައި އިންޑިއާ ސިފައިން ބޭނުން ކުރުންވެސް ވަނީ ހުއްޓާލާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.