Advertisement

އެމްޑީޕީގެ އެެތެރޭގެ އިންތިޚާބެއްގެ ވޯޓު ނެގުމުގެ ތެރެއިން ---

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ފެބުރުއަރީ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

އެމްޑީޕީގެ ޓިކެޓްގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ، އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން، އެއްދާއިރާއަކަށް އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ދާއިރާތަކުގައި، ޕާޓީގެ ޓިކެޓް ދިނުމަށް ހަމަޖައްސާފައި ވަނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށެވެ. މިގޮތުން ޕްރައިމަރީ ބާއްވާ ދާއިރާތަކާއި އެދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަމާއި ކެންޑިޑޭޓް ނަމްބަރުތައް މިހާރު އާއްމުކޮށް އިޢުލާނުކޮށްފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މިގޮތުން އެމްޑީޕީގެ ޕްރައިމަރީގައި 43 ދާއިރާއަކުން، 112 ބޭފުޅުން ވާދަކުރައްވައެވެ. އަދި 35 ދާއިރާއަކަށް ޝައުޤުވެރިކަން ފާޅުކުރައްވާފައި ވަނީ އެންމެ ބޭފުޅަކަށްވާތީ، އެދާއިރާތަކުގައި ޕްރައިމަރީއެއް ނުބާއްވައި އެބޭފުޅުންނަށް ޕާޓީގެ ޓިކެޓް ދިނުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.