Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

14 Jan 2024
ޚަބަރު

އާޒިމާ ބަލި ގަބޫލުކުރައްވައި އާޒިމްއަށް މަރުހަބާ ދަންނަވައިފި

އިއްޔެ ބޭއްވި މާލޭ މޭޔަރުގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރު ބަލިގަބޫލު ކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމްއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އާޒިމް މި އިންތިހާބު ކާމިޔާބުކުރެއްވީ އާޒިމާއަށް ވުރެ 2،500އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

އެކްސްގައި އާޒިމާ ކުރެއްވި ޕޯސްޓެއްގައި ކަށަވަރުކޮށްދެެއްވީ، މާލޭގެ ރައްޔިތުންނަށް ފައިދާ ކުރާނެ ހުރިހާ ކަމެއްގައި އޭނާގެ އެއްބާރުލުން އާޒިމްއަށް ލިބޭނެ ކަމަށެވެ. 

އިންތިހާބުގެ ވަގުތީ ނަތީޖާ: 

އާޒިމަށް 7،621 ވޯޓު (%44)

އާޒިމާއަށް 5،032 ވޯޓު (%29)

ސައިފް ފާތިހު، ދަ ޑިމޮކްރެޓްސް - 2،336 ވޯޓް

 ހުސެއިން ވަހީދު، އަމިއްލަ- 1،088 ވޯޓް 

ޝުއައިބު އަލީ، އަމިއްލަ - 125 ވޯޓް 

އާޒިމާގެ އިތުރުން މި އިންތިހާބުގައި ވާދަކުރެއްވި ސައިފް އާއި ޝުއައިބް ވެސް މިހާރު ވަނީ އާޒިމްއަށް މަރުހަބާ ވިދާޅުވެފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.