Advertisement

އެމެރިކާގެ ކަނޑުުގެ ސިފައިން --

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސޯމާލިއާގެ އައްސޭރި ފަށުގައި އޮތް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ސިފައިންގެ ދެމީހުން ކަނޑަށްވެއްޓި ގެއްލިއްޖެ

ސޯމާލިއާގެ އައްސޭރި ފަށުގައި އޮތް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ސިފައިންގެ ދެމީހުން ކަނޑަށްވެއްޓި ގެއްލިފައިވާ ކަމުގައި އެމެރިކާއިން ބުނެފިއެވެ.

މިހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

އެމެރިކާއިން ބުނީ ކަނޑަށް ވެއްޓުނު ސިފައިންގެ ދެމީހުންގެ މަސައްކަތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެދެ މީހުން ފެނިފައި ނުވާކަމަށެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ރޭގަނޑުގެ މިޝަން އެއްގައި ހަރަކާތްތެރިވި އެ ދެސިފައިންގެ މީހުން ގެއްލުނީ މަނަވަރަށް އަރަށް އުޅުމުގެ ތެރޭގައި ރާޅު ބޮޑުވެ، އެކަކު ކަނޑަށް ވެއްޓުމުން އޭނާއާއެކު ހުރި ދެވަނަ މީހާ އޭނާ ސަލާމަތްކުރުމަށް ފަހަތުން ކަނޑަށް ފުންމާލުމުންނެވެެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނީ އެމީހުން ހޯދުމަށް ހިންގާ އޮޕަރޭޝަން ނިމުމުން ކަމަށެވެ.

ގަލްފް އޮފް އަދަނުގައި ހިނގި ކަމަށް ބުނާ މިހާދިސާ އާއި ގުޅޭ ގޮތުން ހޫތީން ވަނީ ސުވާލު އުފައްދާފައެވެ.

ރަތްކަނޑު ހުރަސްކޮށް އިޒްރޭލަށް މުދާ އުފުލާ އުޅަނދުތަކަށް ޔަމަނުގެ ހޫތީން ހަމަލާދޭތީ، އިޒްރޭލުގެ ބޯޓު ފަހަރަށް ހިމާޔަތް ދިނުމަށް އެމެރިކާގެ މަނަވަރުތައް ގަލްފް އޮފް އަދަނަށް ވަނުމަށް ފަހު، އެމެރިކާ އާއި އިނގިރޭސީން ގުޅިގެން ވަނީ ޔަމަނަށް ވައިގެ މަގުން ހަމަލާދޭން ފަށާފައެވެ. މިގޮތުން ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރު ދުވަހުގެ ރޭ އެމެރިކާއިން ވަނީ، ހޫތީން 30 ވުރެ ގިނަ އަމާޒުތަކަށް ބޮން އަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.