Advertisement

ގާޒާގެ ރައްޔިތުން ---

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިޒްރާއީލުން ޣައްޒާއަށް ހަމަލާދެމުންދާތާ 100 ދުވަސް ، މިހާތަނަށް 24000 މީހުން ޝަހީދުކޮށްލައިފި

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރާއީލުނ ހިފާފައިވާ ފަލަސްތީނުގެ ދެކުނުގެ ބިންތަކަށް ހަމާސްގެ މުޖާހިދުން ދިން ހަމަލާތަކާއި ގުޅިގެން، އިޒްރާއީލުން ހިންގަމުންދާ ޤަތުލުއާއްމުގައި މިހާތަނަށް ފަލަސްޠީނުގެ 24000 ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

އިޒްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކަށް ޖެނުއަރީ 14 ވަނަ ދުވަހަށް 100 ދުވަސް ހަމަވިއިރު، 24000 މީހުން ޝަހީދުކޮށްލުމުގެ އިތުރުން، 65000 ޓަނުގެ ބޮން އިޒްރޭލުން ވަނީ ގައްޒާއަށް އަޅާފައެވެ. އަދި 2.3 މިލިއަން މީހުން ވަނީ، 400 އަކަކިލޯމީޓަރު ހަމަނުވާ ސަރަހައްދެއްގެ ތެރޭގައި ތިބުމަށް މަޖުބޫރުކޮށްފައެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ކުޑަކުދިންވެސް ހިމެނޭ، 5875 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ފަލަސްތީނުގެ އާބާދީގައި ހިމެނޭ ކޮންމެ 20 މީހަކުން އެކަކު ވަނީ އިޒްރާއީލުން ޝަހީދުކޮށްލާފައެވެ.

އިޒްރާއީލްގެ ހަމަލަތާއް ފަލަސްޠީނުގެ އާއްމުންގެ އިތުރުން، ސިއްޙީ ޚިދުމަތްތެރިންނާއި، ހޮސްޕިޓަލްތަކަށްވެސް އަމާޒުކޮށްފައި ވާއިރު، މިހާތަނަށް ޑޮކްޓަރުންނާއި ނަރުހުން ހިމެނޭގޮތުން 337 ހެލްތު ޕްރޮފެޝަނަލުން ޝަހީދުކޮށްލައި، 99 ސިއްޙީ ޚިދުމަތްތެރިން ހައްޔަރުކޮށް 30 ހޮސްޕިޓަލަކާއި 121 އެމްބިއުލާންސް ވަނީ ހަލާކުކޮށްލާފައެވެ. އެހެންވެ މިހާތަަނަށް ގާޒާގައި މިހާރު ބޭނުން ކުރެވޭ ހާލަތުގައި އޮތީ އެންމެ 6 އެމްބިއުލާންސެވެ.

އިޒްރޭލުގެ ޤަތުލު އާއްމުތައް ހުއްޓުވުމުގައި ދުނިޔެ ފޭލްވެފައި ވަނީ، އެމެރިކާ އާއި އިނގިރޭސި ވލާތުން ހަނގުރާމައިގައި އިޒްރޭލާއި އެކު ބައިވެރިވަމުންދާތީއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.