Advertisement

ޓެންޒޭނިއާގެ ސިމިޔޫ ސަރަހައްދުގެ ބާރިއަދި ޑިސްޓްރިކްޓްގެ މައިނެއް ---

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޓެންޒޭނިއާގައި މައިނެއްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 22 މީހުން މަރުވެއްޖެ

އެފްރިކާގެ ޤައުމެއް ކަމުގައިވާ ޓެންޒޭނިއާގެ މައިނެއްގެ ތެރޭގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި 22 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ ޓެންޒޭނިއާގެ ސިމިޔޫ ސަރަހައްދުގެ ބާރިއަދި ޑިސްޓްރިކްޓްގައި ހުންނަ ނަގަލިތާ މައިންގައެވެ. މިހާދިސާގައި މަރުވި އެންމެންނަކީވެސް ފިރިހެނުންނެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ފަސްގަނޑު ދަށުވި މީހުންގެ ހަށިތައް މިހާރުވަނީ ނަގާފައެވެ.

ހާދިސާ އާއި ގުޅިގެން ޓެންޒޭނިއާގެ ރައީސާ ސާމިޔާ ސުހުލު ހަސަން ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

ޓެންޒޭނިއާގެ ރައީސާ ސާމިޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މަރުވި އަޚުންނަކީ، ކުދި ކުދި މައިންތަކުގައި މަސައްކަތްކޮށް، އެމީހުންނާއި އެމީހުންގެ އާއިލާއަށް ބޭނުންވާ ކަންކަން ފުއްދައިދީ، ޤައުމީ ތަރައްޤީގައިވެސް ހިއްސާވާ ބައެއް ކަަމަށެވެ.

ޓެންޒޭނިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެޤައުމުގެ އުތުރު ސަރަހައްދުގައި ހިންގަމުން އައި އެމައިނަކީ މާފުޅާކޮށް މައިންކުރުމުގެ މަސައްކަތް ހިންގާ ވިޔަފާރިއެއްގެ ތަނެއް ނޫންކަމުގައި ޓެންޒޭނިއާގެ ސަރުކާރުން ބުނެފައިވެއެވެ. ޓެންޒޭނިއާގެ އުތުރުގައި ހިންގާ މައިން ކުރުމުގެ މަސައްކަތްތައް ހިނގަނީ އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅުތަކާއި ބެލެހެއްޓުންތަކާއި އެކުގައި ކަމަށް ނުވާތީ، މިފަދަ ހާދިސާތައް ހިނގުން އިތުރުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.