ޚަބަރު
09 Jan 2024
ޚަބަރު
ރާއްޖެ ހުރަސްކޮށް ކޮޅިގަނޑެއް ދަތުރުކުރާތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
09 Jan 2024
ޚަބަރު
ރަށްވެހިކަން ދޫކޮށްލާ ފަރާތްތަކުގެ އަތުން 5000ރ ގެ ފީއެއް ނެގުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާޠިލްކޮށްފި
އެމައްސަލަ އެލްޖީއޭގެ ބޯޑަށް ހުށައެޅުމާއި އެކު މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައި ވަނީ، އެއީ ތިނަދޫ ސިޓީ ކައުންސިލަށް ޤާނޫނީ ގޮތުން އެކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށެވެ. މިގޮތުން އެނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ފުށުއަރާ ނިންމުމެއް ކަމުގައިވެސް އެލްޖީއޭއިން ވަނީ ކަނޑައަޅާފައެވެ.
09 Jan 2024
ޚަބަރު
އައިލެންޑް އޭވިއޭޝަންގެ ޗެއާމަން މަޤާމަށް މިހާދު ހަމަޖައްސަވައިފި
މިހާދަކީ މީގެ ކުރިންވެސް ސަރުކާރުގެ މުުހިއްމު ބޮޑެތި ކުންފުނިތަކުގެ ބޯޑުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން މީގެ ކުރިންވެސް އައިލެންޑް އޭވިއޭޝަނުގެ ބޯޑު މެމްބަރުކަމާއި، އެމްއޭސީއެލްގެ ބޯޑު މެމްބަރު ކަމުގެ މަޤާމުވެސް އޭނާ ފުރުއްވިއެވެ.
09 Jan 2024
ޚަބަރު
ޢިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލިން ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ފަށަނީ
މި ކޯސްތަކުގެ ތެރޭގައި ސޯޝަލް ސަރވިސް ދާއިރާއިން އެޑްވާންސް ސެޓިފިކެޓް އަދި ބެޗެލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކާއި، ކައުންސިލިން ދާއިރާއިން ބެޗެލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތައް ހިމެނޭނެ ކަމުގައިވެސް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ކޯސްތައް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު ފެބްރުއަރީ އަދި އޮގަސްޓު މަހު ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލާނެ ކަމުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
09 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ބެއިޖިންގއަށް ވަޑައިގެންފި
ވެރިރަށް ބެއިޖިންގއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޗައިނާ ސަރުކާރުގެ އިސްވެރިންގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
09 Jan 2024
ޚަބަރު
އަރބަން އައިލްގެ ކޮމާރޝަލް ސްޕައިން ތަރައްގީކުރުމަށް ޗައިނާގެ ކުންފުންޏަކަށް
އަރބަން އައިލްގެ ކޮމާރޝަލް ސްޕައިން ތަރައްގީކުރުމަށް ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގްރޫޕާއިއެކު އެޗްޑީސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
09 Jan 2024
ޚަބަރު
މޯލްޑިވިއަންއަށް އިތުރު ބޯޓެއް ކުއްޔަށް ހޯދަން އިޢުލާނުކޮށްފި
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑުން މިއަދުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ބޯއިން 8-787 ގެ ބޯޓެއް ހަ އަހަރު ދުވަހުގެ މުއްދަތަށް އެކުންފުންޏަށް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށެވެ. އަދި ބޯޓު ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:30 އާއި ހަމައަށް އޮންނާނެކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
09 Jan 2024
ޚަބަރު
ރައީސް ޑރ. މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވުރެ ކުރިން އިންޑިއާއަށް ވަޑައިގެންނެވުމަށް ހުށައެޅުއްވި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ތުރުކިޔޭއަށް ވަޑައިގެންނެވިއިރު، ދެވަނަ ދަތުރުފުޅުގައި މިހާރު ވަޑައިގެން ހުންނެވީ، ޗައިނާގައެވެ. އިންޑިއާއަށް ވަޑަިއގެންނެވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން، އިންޑިއާގެ ސިޔާސީ ބޭފުޅުންނާއި އަދި މީޑިއާތަކުންވެސް ވަނީ ދިވެހި ސަރުކާރަށް ފާޑުކިޔާފައެވެ.
09 Jan 2024
ޚަބަރު
ހައްޖާއި އުމްރާ ކޮންފަރެންސްގައި މިނިސްޓަރ ބައިވެރިވެވަޑައިގެންފި
ޙައްޖާއި އުމްރާގެ ޚިދުމަތުގެ މައުރަޒު އަދި ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެންފިއެވެ. މިފަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ ޢަރަބިއްޔާގެ ޖިއްދާގައެވެ.
09 Jan 2024
ޚަބަރު
ބިންވެރިޔާ ސްކީމުން މިދިޔަ ސަރުކާރުން ރަޖިސްޓްރީ ހަވާލުކުރި މީހުންނަށް ބިންދޭން ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ފަރާތްތަކަށް ބިން ކަނޑާ ޙަވާލުކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. ބިންވެރިޔާ ސްކީމްއަކީ މިދިޔަ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ފައްޓަވާފައިވާ މަޝްޫއެކެވެ. މިއީ މާލެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެެއްވުމަށް ކުރިއަށްގެންދެވި މަަސައްކަތެކެވެ.
09 Jan 2024
މޯލްޑިްވްސް ޕޮލިސް ސަރވިސް
ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް މަޝްވަރާކޮށްފި
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ޙައްޤުނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާތައްކުރައްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ބައްދަލުކުރައްވައެވެ.
09 Jan 2024
ޚަބަރު
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ޙަސީނާ ހޮވިވަޑައިގަތުމުން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
09 Jan 2024
ޚަބަރު
ފަތުރުވެރިކަމުގެ 1 ވަނަ މާކެޓަށް ޗައިނާ ހެދުމަށް މަސައްކަތް ކޮށްދިނުމަށް ރައީސް ގޮވާލައިފި
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިހާރު ޗައިނާގައި ކުރިއަށްދާ "އިންވެސްޓް މޯލްޑިވްސް" ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
09 Jan 2024
ޚަބަރު
ޗައިނާ އާއިއެކު ރާއްޖޭން ސޮއެކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ވަރަށް އަވަހަށް ތަންފީޒު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމެންޓް ނިމިދިޔަ ސަރުކާރުން ތަންފީޒް ނުކުރީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ލިބިދާނެ ފައިދާއަށްވުރެ ބޮޑަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭނެ ގެއްލުންތައް ބޮޑުކަމަށް ފާހަގަކޮށްފައެވެ.
09 Jan 2024
އަމީނީ މަގު ހެދުމުގެ މަސައްކަތް
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި
އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ރޯޑް ކޯޕަރޭޝަނުން ފަށާފައި ވަނީ، އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން މަސައްކަތް ހުއްޓާލާފައި އޮތުމަށްފަހުގައި 9 ޑިސެންބަރު 2023 ގައެވެ.
08 Jan 2024
ޚަބަރު
ޑެޕިއުޓީ މިނިސްޓަރުންގެ އަމަލުތަކަށް ދިވެހި ސަރުކާރުން މަޢާފަށް ނޭދޭތީ ފޮރިން މިނިސްޓަރާއި ސުވާލު ކުރަނީ
އިންޑިއާގެ ބޮޑުވަޒީރާއި، އެޤައުމުގެ ރައްޔިތުންނަށް ފުރައްސާރަކުރުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ގޯސްވެ އެކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ގެއްލުންތައް ވަމުންދާކަންވެސް މީކާއީލް ނަސީމް ވަނީ ފާހަގަކުރައްވާފައެވެ.