Advertisement

ޑިސެމްބަރު މަހުގެ 31 ގައި މާލޭގައި ފެންބޮޑުވެފައި --

09 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެ ހުރަސްކޮށް ކޮޅިގަނޑެއް ދަތުރުކުރާތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އިރުމަތި ފަރާތުން އިންޑިއާކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް ޢަރަބިކަނޑަށް ދަތުރުކުރަމުންދާތީ ކުރިޔަށް އޮތް ތިންދުވަހު މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް މޫސުމް ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ،  ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މި ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުވެސް މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، މާލެއާ ހުޅުމާލޭގައި ފެންބޮޑުވިއެވެ. އަދިގޭގެއަށް ފެންވަނުމުގެ ސަބަބުން ބައެއް ގޭގެއިން އެހެން މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުވެސް ކުރަން ޖެހުނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
07 Apr 2025
ޖުޑީޝަލް ސަރވިސް ކޮމިޝަން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.
07 Apr 2025
ރައްޔިތުންގެ މަޖިލީހުގެ ރައީސް
ދުނިޔޭގެ ސުލްޙަ މަސަލަސްކަމަށް މަޝްވަރާ މުހިންމު: މަޖިލީހުގެ ރައީސް
މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުން އުސޫލުތަކުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރައްވާފައިވޭ.
07 Apr 2025
ތަޢުލީމް
ދަރީންނަށް ތަޢުލީމު ދިނުމަކީ އިންވެސްޓްމެންޓެއް: ރައީސުލްޖުމްހޫރިއްޔާ
އެ މަނިކުފާނު ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދަރިވަރުން ހޯދާ ނަތީޖާތައް އިތުރަށް ރަގަޅުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
06 Apr 2025
ޚަބަރު
ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކޮށްފި
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކޮށްފައި ވަނީ 22 މާރިޗު 2025 ގައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކާއި ގުޅިގެން، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދާކަމުގެ ތުހުމަތެވެ. އަދި އެމައްސަލަ އާއި ގުޅިގެން ޝަމްޢާން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގެއިން ބައިމިލިޔަނަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.