Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

09 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޗައިނާ އާއިއެކު ރާއްޖޭން ސޮއެކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ވަރަށް އަވަހަށް ތަންފީޒު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޗައިނާ އާއިއެކު ދިވެހިރާއްޖެއިން ސޮއެކޮށްފައިވާ ފްރީޓްރޭޑް އެއްބަސްވުން ވަރަށް އަވަހަށް ތަންފީޒް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު، ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، "އިންވެސްޓް މޯލްޑިވްސް 2024" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗައިނާ އާއިއެކު ދިވެހިރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ އެއްބަސްވުމާއި ގުޅޭ ގޮތުން އޭރު އެމަނިކުފާނު ވިދާޅުވީ،  ޗައިނާ ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގަ ރާއްޖޭގެ 64 ދާއިރާއެއް ޗައިނާއަށް ހުޅުވާލިއިރު، 98 ދާއިރާއެއް ޗައިނާއިން ރާއްޖެއަށް ހުޅުވައިލާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އިޤުތިޞާދީ ގިނަ ފައިދާ ތަކެއް ލިބިގެންދާނެކަން ރައީސް ޔާމީނުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި އެމަނިކުފާނު ފާހަގަކުރައްވަމުން ގެންދެވިއެވެ.

ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމެންޓް ނިމިދިޔަ ސަރުކާރުން ތަންފީޒް ނުކުރީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ލިބިދާނެ ފައިދާއަށްވުރެ ބޮޑަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭނެ ގެއްލުންތައް ބޮޑުކަމަށް ފާހަގަކޮށްފައެވެ.

"އިންވެސްޓް މޯލްޑިވްސް 2024" ފޯރަމްގައި ވާހަކަފުޅު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޗައިނާއަކީ ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިއްމު ބައިވެރިޔާކަމަށެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަށް ޗައިނާއަށް ޒިޔާރަތްކުރުމަށް ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، ޗައިނާގެ ވެރިންނާއި ރައްޔިތުން ދިވެހިރާއްޖެއާ ދިވެހިރާއްޖޭގެ ރައްޔިތުންނާއިއެކު ބަހައްޓަމުންދާ ގާތްގުޅުންތައް ހާމަވެގެންދާ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

"އިންވެސްޓް މޯލްޑިވްސް 2024"އަކީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓާއި ވިޔަފާރީގެ ފުރުޞަތުތައް ޗައިނާގެ ވިޔަފާރިިތަކާއި ހިއްސާކުރުމުގެ ގޮތުން ބޭއްވި ފޯރަމެކެވެ. މިފޯރަމްގައި އެކި ދާއިރާތަކުން ޗައިނާގެ މަޝްހޫރު ވިޔަފާރި ކުންފުނިތަކުން ބައިވެރިވިއިރު، މިފޯރަމް ބާއްވާފައިވަނީ ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ވެރިކަންކުރާ ސިޓީ ފޫޒޯގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.